ކ. މާލެ
|
24 މެއި 2021 | ހޯމަ 23:41
ޑޭމަން ވީވަރ ބަރަކް އޮބާމާއާއި އިންޓަވިއު ކުރަނިކޮށް
ޑޭމަން ވީވަރ ބަރަކް އޮބާމާއާއި އިންޓަވިއު ކުރަނިކޮށް
ސޯޝަލް މީޑިއާ
އެންމެ ހަގު ރިޕޯޓަރ މަރުވުން
އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
 
ޑޭމަން މަރުވެފައިވަނީ ގުދުރަތީ މަރަކުންކަން އޭނާގެ އާއިލާއިން ވަނީ ހާމަކޮށްފައި
 
އިންޓަވިއުގައި ތަޢުލީމީދާއިރާގައި ހުރި އުދާސްތައް އަދި ކަންބޮޑުވުންތަކާއި ގުޅޭ 12 ސުވާލެއް ވަނީ ކޮށްފައި
 
ޑޭމަން ވީވާ ދުނިޔޭގެ ސަމާލުކަން ހޯދާފައިވަނީ 2009ވަނަ އަހަރު އުމުރުން އެންމެ 11 އަހަރުގައި ބަރަކް އޮބާމާގެ އިންޓަވިއުއެއް ނެގި ހިސާބުން

މި ސުރުޚީ ކިޔާލުމުން ބައެއް މީހުން ހައިރާން ވެދާނެއެވެ. އެކަމަކު ބައިނަލްއަޤްވާމީ ޚަބަރުތައް ބަލާ މީހުންނަށް ބުނަން މިއުޅޭ ވާހަކަ ވަރަށް ފަސޭހައިން ފަހުމުވާނެއެވެ. މި ދަންނަވަން މިއުޅެނީ އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" މަރުވިވާހަކައެވެ.

މިހާރު އުމުރުން 23 އަހަރުގެ ޑޭމަން ވީވާ މެއި 1 ވަނަ ދުވަހު މަރުވެފައިވާކަމަށް ބޭރު މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ޑޭމަން މަރުވެފައިވަނީ ގުދުރަތީ މަރަކުންކަން އޭނާގެ އާއިލާއިން ހާމަކޮށްފައިވާއިރު، މިކަމުގެ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޑޭމަން ވީވާ ދުނިޔޭގެ ސަމާލުކަން ހޯދާފައިވަނީ 2009ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 11 އަހަރުގައި އޭރު އެމެރިކާގެ ރައީސަކަށް ހުންނެވި ބަރަކް އޮބާމާގެ އިންޓަވިއުއެއް ނެގި ހިސާބުނެނެވެ. އެއާއެކު އެމެރިކާގެ ރައީސެއްގެ އިންޓަރވިއު ނެގި "ދުނިޔޭގެ އެންމެ ހަގު ރިޕޯޓަރ"އަށްވެ އޭނާގެ ޖަރނަލިޒަމްގެ ހުފަވަފެންތަކަށް ވަރަ ލިބިގެންދިޔަކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ނޫސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ޑޭމަން, ބަރަކް އޮބާމާއާއެކު 10 މިނެޓަށް ދިގުދެމިގެންދިޔަ އިންޓަވިއުއެއްކުރި އިރު މި އިންޓަވިއުގައި ތަޢުލީމީދާއިރާގައި ހުރި އުދާސްތައް އަދި ކަންބޮޑުވުންތަކާއި ގުޅޭ 12 ސުވާލެއް ވަނީ ކޮށްފައެވެ. އަދި އިންޓަވިއު ނިންމާލާފައިވަނީ އޭނާގެ ސްކޫލަށް ދައުވަތު އަރުވާ އޭނާގެ ސްކޫލްގެ "ހޯމްބޯއި" ނުވަތަ ސްކޫލަށް އަންނައިރު އޭނާގެ އެކުވެރިއަކަށް ވުމަށްވެސް ދައުވަތު އަރުވަމުންނެވެ. މި ދައުވަތު އޭރު ނާއިބުރައީސަކަށް ހުންނެވި އަދި މިހާރު ރައީސްކަން ކުރައްވާ ޖޯ ބައިޑަން ބަލައިގެންފައިވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ޑެމަން ވީވާގެ މަޢުސޫމް މި އެދުމަށް ބަރަކް އޮބާމާވެސް އާނ ބަސް ވިދާޅުވެ އޮބާމާގެ ހިތްތިރިކަމުގެ އިތުރު މިސާލެއް ދެއްކެވިއެވެ.

ޑޭމަން ވީވަރ ދިޔައީ ސްޕޯޓްސް ރިޕޯޓަރަކަށްވުމަށް މަތީ ތަޢުލީމު ހާސިލުކުރަމުން - ސޯޝަލް މީޑިއާ

އެމެރިކާގެ ރައީސެއްގެ އިންޓަރވިއު ނެގި "ދުނިޔޭގެ އެންމެ ހަގު ރިޕޯޓަރ" ވަނީ މިހާރު އެމެރިކާގެ ރައީސްކަން ކުރައްވާ ޖޯބައިޑަންއާވެސް އިންޓަވިއުކޮށްފައެވެ. އިންޓަވިއު ކުރިއިރު ބައިޑަން ހުންނެވީ އެމެރިކާގެ ޤާނޫނު ހަދާ މަތިގޭގެ ސެނެޓަރެއްގެ ގޮތުގައެވެ. އަދި އޭރު އެމަނިކުފާނަކީ ބަރަކް އޮބާމާއެކު އިންތިޚާބުގެ ރަނިންގް މޭޓެއްގެ ގޮތުން ވާދަކުރައްވަމުންދިޔަ ކެންޑިޑޭޓްވެސް މެއެވެ. ބައިޑަންގެ އިތުރުން އޭނާވަނީ މަޝްހޫރު ޓީވީ ޕްރެސެންޓަރ އޮޕްރާ ވިންފްރީއާއިވެސް ބައްދަލުކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.

އުމުރުން 23 އަހަރުގައި ޑޭމަން ވީވާ މަރުވިއިރު އޭނާ ދިޔައީ ކުޅިވަރުގެ ދާއިރާގެ ރިޕޯޓަރަކަށްވުމަށް އެދާއިރާއިން މަތީ ތަޢުލީމުވެސް ހާސިލުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
6%
5%
76%
10%
1%
2%
ކޮމެންޓް
27 މެއި 2021 | ބުރާސްފަތި 06:20
Maryam
ޚޮނމެ ނަފްސެއްހވެސް މަރުގެ ރަހަ ދެކެެނެއެވެ