ކ. މާލެ
|
23 މެއި 2021 | އާދީއްތަ 22:28
ކޮވިޑް-19ން ދިފާއުވުމަށް އޮތް ހަމައެކަނި ފަރުވާ އަކި ވެކްސިން
ކޮވިޑް-19ން ދިފާއުވުމަށް އޮތް ހަމައެކަނި ފަރުވާ އަކި ވެކްސިން
އަލްޖަޒީރާ
ކޮވިޑް-19 ވެކްސިން ދިރާސާ
އިންޑިއާ ވޭރިއަންޓާ ދެކޮޅަށް ފައިޒަރ އާއި އެސްޓްރަޒެނަކާ މަސައްކަތްކުރޭ
 
ފައިޒާ ވެކްސިންގެ 88 އިންސައްތަ އިންޑިއާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރޭ
 
ވެކްސިނުން އަސަރުކުރާ މިންވަރު ދެނެގަތުމަށް ދިރާސާތައް ދަނީ ކުރަމުން

ފައިޒަރ އާއި އެސްޓަރަޒެނަކާގެ ވެކްސިން އިންޑިއާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ ކަމަށް ރިސާރޗަކުން ދައްިކައިފިއެވެ.

ޕަބްލިކް ހެލްތް އިންގްލެންޑް (ޕީއެޗްއީ) އިން ހަދާފައިވާ ރިސާރޗަކުން ދައްކާ ގޮތުން އިންޑިއާއިން ފަހުން ފެނިގެން އުޅޭ އާ ވޭރިއެންޓާ ދެކޮޅަށް ފައިޒަރ އަދި އެސްޓްރަނެނަކާ ވެކްސިން މަސައްކަތް ކުރާ ކަމަށާއި، ފައިޒަރގެ 88 އިންސައްތަ، އެސްޓްރަޒެނަކާގެ 60 އިންސައްތަ މި ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރެއެވެ.

މި ދެ ވެކްސިން ވެސް ބޮޑަށް މަސައްކަތްކުރަނީ އިންގިރޭސި ވިލާތުން ފެނިފައިވާ "ކެންޓް" ވޭރިއަންޓާ ދެކޮޅަށެވެ.

މި އާ ހޯދުންތަކާއެކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އެޑްމިޓްކުރާ މީހުންގެ އަދަދު މަދުވާނެ ކަމަށް މިހާރުވަނީ ބެލެވިފައެެވެ. މިއީ ވެކްސިން ދިނުމުގެ މުހިއްމުުކަން ދޭހަވާ ކަމެއް ކަމަށް ޕީއެޗްއީން ވަނީ ބުނެފައެވެ.

މި ދިރާސާ ހަދާފައިވަނީ އެޕްރީލް މަހުގެ 5 ވަނަ ދުވަހުން މެއި މަހުގެ 16 ވަނަ ދުވަހާ ދެމެދު ބަލީގެ އަލާމާތް ހުންނަ މީޙުންނަށް ވެކްސިން ދީގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
86%
0%
0%
14%
0%
ކޮމެންޓް