ކ. މާލެ
|
24 މެއި 2021 | ހޯމަ 00:02
ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު ތިން މީހުން
ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު ތިން މީހުން
ރާއްޖެއެމްވީ
ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ
ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދު އިތުރުކޮށްފި
 
ތިން މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި, މއ. ފޭރުގެ މުޖާޒް އަހްމަދާއި އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދެވެ. އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާދޭން ބޭނުންކުރި އައިޑީ ގޮއްވާލި މީހާ އެވެ. އޭނާ އައިއީޑީ ގޮއްވާލުމަށްފަހު އެރޭ އެއްކޮށް އުޅުނީ މުޖާޒް އަހްމަދާ އެކުގައެވެ. ތަހުމީނަކީ ގޮއްވާލި އައިއީޑީ ބާއްވާފައި އޮތް ސައިކަލުގެ ވެރި ފަރާތެވެ.

މި ތިން މީހުންގެ އިތުރުން ދެން ފުލުހުން ހައްޔަރު ކޮށްފައިވަނީ ލ. ގަން، ދުންފިނި އުފާ، އަހުމަދު ފާތިހެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ފާތިހުގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށްފަހު މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ގެންދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މާލޭގައި ހިންގި އޮޕަރޭޝަންތަކުގައި 5 ގެއެއް ބަލައި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. ހަމައެހެންމެ,  އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންގައި 9 މީހަކާއި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް