ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ބުދަ ދުވަހުން ފެށިގެން އިތުރަށް ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން އާދީއްތަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް ކޮންޓްރޯލްކުރުމަށް ޓަކައި މިމަހު 26 ވަނަ ދުވަހުން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަންތައްތައް ހާމަ ނުކުރެއްވި ނަމަވެސް ލޮކްޑައުން ކުރުމަށް ނިންމާފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް 19 ބަލިމަޑުކަން އިތުރުވެ މާލެއާއި ރާއްޖޭގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެއާއެކު ކޮވިޑް ކޮންޓްރޯލް ކުރުމަށް މިހާރުވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު އިއުލާންކޮށްފައިވެއެވެ. އަދި ޕާކުތަކާއި މައިޒާން ތަކުގެ އިތުރުން ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.