ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 17:26
ސްޕައިސްޖެޓްގެ ދަތުރުތައް ޓްރެވިންޑްރަމަށް ފަށައިފި
ސްޕައިސްޖެޓްގެ ދަތުރުތައް ޓްރެވިންޑްރަމަށް ފަށައިފި
ގޫގުލް
ސްޕައިސް ޖެޓް
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
ކޮންމެ ދުވަހަކުވެސް އެއް ފްލައިޓް ބާއްވާނެ

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ދަތުރުތައް ސްޕައިސްޖެޓްއިން ފަށައިފިއެވެ.

 

އިންޑިއާގެ ބަޖެޓް އެއާލައިންއެއް ކަމަށްވާ މި ދަތުރުތައް ފަށާފައިވަނީ މިއަދުއެވެ. ސްޕައިސް ޖެޓްގެ މި ދަތުރުތައް މެއި 11 ވަނަ ދުވަހު ފަށާފައި ވާއިރު ކޮންމެ ދުވަހަކުވެސް އެއް ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފައެވެ.

 

ސްޕައިސްޖެޓުން މިހާރުވެސް މާލެ އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ދުވާލަކު އެއް ފްލައިޓް ބާއްވައެވެ.

 

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ދަތުރުކުރުމަށް ބޭނުންކުރާނީ 78 މީހުންގެ ޖާގައިގެ Q400 ފްލައިޓެކެވެ. މި ދަތުރުތައް ފެށުމަށް ހާއްސަ އަގެއްގައި ފެއާއެއްވެސް ވަނީ ފަށައިފައެވެ.

 

ސްޕައިސް ޖެޓުން އަންނަނީ 46 މަންޒިލަކަށް ދުވާލަކު 342 ފްލައިޓް ބާއްވަމުންނެވެ. އެއީ އިންޑިއާގެ 39 މަންޒިލެއްގެ އިތުރުން ބައިނަލްއަގްވާމީ ހަތް މަންޒިލެކެވެ.

 

ޓްރެވިންޑްރަމް އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ، އަދި އެކި ބޭނުން ތަކަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ސިޓީއެކެވެ.  

- ކޮމެންޓް