ކ. މާލެ
|
22 މެއި 2021 | ހޮނިހިރު 10:55
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ކޮވިޑް19 - ރޭގަނޑު މާލޭގެ މަގުމަތި
ރާއްޖެއެމްވީ
ކޮވިޑަށް ޕޮޒިޓިވް ދެމީހުން ފިލުން
ކޮވިޑަށް ޕޮޒިޓިވްވި ދެ މީހުން ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފި
ފިލި ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ގެންދަނީ ކުރަމުން
އެދެމީހުން ފިލާފައިވަނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް
ފިލި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރުވެސް ކޮވިޑަށް ޕޮޒިޓިވް

ކޮވިޑް-19 އަށް ޕޮޒިޓިވް ދެމީހަކު ފެސިލިޓީއަށް ގެންދަނިކޮށް ފިލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ރާއްޖެއެމްވީ'އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ދެމީހަކު، ގެނެވުނު ކަމަށާއި ގެނައި އިރުވެސް އެދެމީހުންނަކީ ބައްޔަށް ޕޮޒިޓިވް ދެމީހުން ކަމަށެވެ. އެހެންކަމުން ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ފަހު އެޗްޕީއޭއާ ހަވާލުކުރި ކަމަށް ވިދާޅުވިއެވެ.

އެދެމީހުން ފިލާފައިވަނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ, އެދެމީހުން ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލާފައިވާ ކަމުގެ މައުލޫމާތު އެޗްޕީއޭއިން ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ.

ފިލި ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ގެންދަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު އިއުލާންކޮށްފައިވެއެވެ. އަދި ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

- ކޮމެންޓް