ކ. މާލެ
|
21 މެއި 2021 | ހުކުރު 01:07
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ
ބުރާސްފަތި ދުވަހު އިތުރު ދެ މީހުން ވަނީ މި ބަލީގައި ނިޔާވެފައި
ނިޔާވެފައި ވަނީ އުމުރުން 72 އަހަރުގެ ދިވެއްސެއް

ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ 72 އަހަރުގެ ދިވެއްސެއް ކަމަށާއި، އެ މީހަށް ފަރުވާދެމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށެވެ.

މިއާއިއެކު ކޮވިޑު ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 115ށް އަރާފައެވެ.

ކޮވިޑް ޖެހިގެން ބުރާސްފަތި ދުވަހު އިތުރު ދެ މީހުން ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 36 އަހަރުގެ ނޭޕާލުގެ ފިރިހެނަކާއި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިފަހުން އެންމެ ގިނަ މީހުން އެއްދުވަހާ ނިޔާވެގެން ރިޕޯޓްކޮށްފައިވަނީ ބުދަ ދުވަހުއެވެ. އެދުވަހު އެކަނި 7 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި މިފަހުން ކޮވިޑްގެ ހާލަތު ވަނީ ގޯސްވެފައެވެ. އަދި މިއާއެކު ކޮވިޑް ކޮންޓްރޯލްކުރުމަށް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.


Advertisement
- ކޮމެންޓް