Advertisement
ކ. މާލެ
|
20 މެއި 2021 | ބުރާސްފަތި 13:29
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ، ގިނަ ބައެއްގެ ފާޑުކިޔުން މިހާރު ވަނީ އަމާޒުވެފައި
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ، ގިނަ ބައެއްގެ ފާޑުކިޔުން މިހާރު ވަނީ އަމާޒުވެފައި
ޝުއައިބް މުހައްމަދު އިގްބާލް
މެމްބަރު އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުން
މެމްބަރު އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދިއްޖެ
ހައްޔަރު ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ހާއިރު
އަޒްރާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރަކީ އުނދަގޫ އިހުސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށް
އީސަގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ޕީޖީ އޮފީހުން ބުނީ މެމްބަރު އަހުމަދު އީސައަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ހާއިރު ކަމަށެވެ.

Advertisement

ގެވެށި އަނިޔާކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، މެމްބަރު އީސަގެ ކުރީގެ އަނބިކަނބަލުން، އަޒްރާ ނަސީމް ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރަކީ އުނދަގޫ އިހުސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށާއި، ކުރިމަތިވާނެ ކަމަށް ދުވަހަކު ވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ކަމަށެވެ.

ފާއިތުވި 24 ގަޑިއިރަކީ، އަޅުގަނޑާއި އަޅުގަނޑުގެ ތުއްތު ދަރިފުޅު ލޫޠުއަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހު ވަގުތުތަކެކެވެ. ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަންޖެހުނެވެ. ނަމަވެސް މާތްﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން ދެމައިންގެ ޙާލުވެސް މިހާރު ރަގަނޅެވެ. މި އުނދަގޫ ވަގުތުގައި، ރަޙުމަތްތެރިންނާއި، ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، އަޅުގަނޑަށް ދެއްވި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. ޝުކުރިއްޔާ
އަޒްރާ ނަސީމް

މިމައްސަލައާ ގުޅިގެން މެމްބަރު އީސަ އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް މެމްބަރު އީސައަށް ކުރެވުނު ނަމަވެސް އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްގައި މެނުވީ މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
20 މެއި 2021 | ބުރާސްފަތި 13:59
ހުސެން
ޢީޝަބޮދުވަގެ