ކ. މާލެ
|
18 މެއި 2021 | އަންގާރަ 15:14
ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް އިމާރާތްކުރާ ހަ ކްލާސްރޫމްގެ މަސައްކަތް ހަވާލުކުރުން
ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް އިމާރާތްކުރާ ހަ ކްލާސްރޫމްގެ މަސައްކަތް ހަވާލުކުރުން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ތ. އަތޮޅު ތައުލީމީ މަރުކަރުގައި ހަ ކްލާސްރޫމް އެޅު
ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހަ ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި
 
އަންނަ އަހަރުގެ އޭޕްރީލް މަހު މި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ
 
މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާ

ތ. ތިމަރަފުށީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލަށް އިމާރާތްކުރާ ކްލާސްރޫމްތަކުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ތ. އަތޮޅު އަތޮޅު ތައުލީމީ މަރުކަޒުގައި ހަ ކްލާސްރޫމް އެޅުމަށް ނިންމާފައި ވެއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއެވެ.

އަންގާރަ ދުވަހު  ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި, މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ރިޔާޒެވެ. އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހިމްއެވެ.

ތ. އަތޮޅު ތައުލީމީ މަރުކަޒުގައި ކްލާސްރޫމް އެޅުމުގެ މަސައްކަތުގެ އަގަކަށް އެސްޖޭ ޓްރޭޑް ލިމިޓެޑުން ހުށަހަޅާފައި ވަނީ 6,932,123.57 ( ހަމިލިއަން ނުވަސަތޭކަ ތިރީސް ދެހާސް އެއް ސަތޭކަ ތޭވީސް ރުފިޔާ ފަންސާސްހަތް ލާރި) އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމާ ގޮތަށެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު މި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި