Advertisement
ކ. މާލެ
|
17 މެއި 2021 | ހޯމަ 19:55
ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ،
ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ،
ރާއްޖެއެމްވީ
ކޮވިޑުގައި އިތުރު މީހަކު ނިޔާވުން
ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ، މިއީ 101 ވަނަ މަރު
ނިޔާވީ 70 އަހަރުގެ އަހަރުގެ ދިވެހި އަންހެނެއް
އެ މީހާ ނިޔާވީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00ހާއިރު

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 70 އަހަރުގެ އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އެ މީހާ ނިޔާވީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖޭން ކޮވިޑް ޖެހިގެން ނިޔާވި 101 ވަނަ މީހާއެވެ.

Advertisement

މީގެ އިތުރުން ހޯމަ ދުވަހު ޑީއެޗް-11 ގައި ފަރުވާހޯދަމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެއް ވެސް ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވެފައި ވަނީ ހޯމަ ދުވަހުގެ ފަތިހު 04:41 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖެއިން ނިޔާވި 100 ވަނަ މީހާއެވެ.

ޑީއެޗް-11 ގައި ފަރުވާދެމުން ދިޔަ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެއް 99 ވަނައަށް ނިޔާވެފައިވާއިރު، 98 ވަނަ މީހާ ނިޔާވެފައިވަނީ 16 ވަނަ ދުވަހުގެރޭ 10:44 ގައެވެ. އަދި 97 ވަނަ މީހާ ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް 16 ވަނަ ދުވަހުގެ ހަވީރު 03:10 ގައެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މެއި 15 ވަނަ ދުވަހުގެ ރޭ 02:38 ހާއިރު މިބަލީގައި 95 ވަނަ މީހާ ނިޔާވެފައިވާއިރު، 96 ވަނަ މީހާ ނިޔާވެފައި ވަނީ އެ ދުވަހުގެ ހެނދުނު 04:30 ހާއިރުއެވެ. އޭނާއަށް ވެސް ފަރުވާ ދެމުން ގޮސްފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 16،000 އާ ގާތްކޮށްފައިވާއިރު، 259 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ. ކޮވިޑަށް ފަރުވާހޯދަމުން ދަނިކޮށް ނިޔާވާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު، މެއި 14 ވަނަ ދުވަހު އެކަނިވެސް ފަސް މީހުން ނިޔާވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް