ކ. މާލެ
|
17 މެއި 2021 | ހޯމަ 08:54
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖެހުން
ހޮނިހިރު ދުވަހު 1،665 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި
 
ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 142،913ށް އަރާފައި
 
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 302،974ށް އަރާފައިި

ކޮވިޑް-19ން ދިފާއުވުމަށް ހޮނިހިރު ދުވަހު 1،665 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނީ ހޮނިހިރު ދުވަހު 286 މީހުން ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންޖެހި 156 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 130 މީހުންނެވެ. މިއާއެކު ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 302،974ށް އަރާފައެވެ.

ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާފައިވާ 1،665 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 421 މީހުންނެވެ. އަދި އަތޮޅުތެރެއިން 1،244 މީހުން ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 142،913ށް އަރާފައެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ އިތުރުން ފައިޒަރ އަދި ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު ދާދި ފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ވަނީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ.

ރާއްޖޭގައި ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހަމުން އަންނައިރު ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރުކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު އިއުލާންކޮށްފައިވާއިރު، ޕާކުތަކާއި މައިޒާންތަކުގެ އިތުރަށް ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް