ކ. މާލެ
|
16 މެއި 2021 | އާދީއްތަ 12:15
ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހަމުން އަންނައިރު ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސް ވެފައި
ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހަމުން އަންނައިރު ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސް ވެފައި
ރައީސް އޮފީސް
ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖެހުން
ހުކުރު ދުވަހު ރާއްޖެއިން ވެކްސިން ޖެހީ 760 މީހުން
ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 302،688ށް އަރާފައި
ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 141،248ށް އަރާފައި

ކޮވިޑް-19ން ދިފާއުވުމަށް ހުކުރު ދުވަހު 760 މީހުން ވެކްސިން ޖަހައިފިއެވެ.

ހުކުރު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި ވެކްސިން ޖަހާފައެއް ނުވެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނީ ހުކުރު ދުވަހު އަތޮޅުތެރެއިން ވެކްސިންގެ ފުރަަތަމަ ޑޯޒް ޖެހީ 182 މީހުން ކަމަށެވެ. މިއާއެކު ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 302،688ށް އަރާފައެވެ. އަދި އަތޮޅުތެރެއިން 578 މީހަކު ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 141،248ށް އަރާފައެވެ.

ރާއްޖޭގައި ކޮވިޝީލްގެ އިތުރުން ފައިޒަރ އަދި ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު ދާދި ފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ވަނީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ.

ރާއްޖޭގައި ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހަމުން އަންނައިރު ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. އެގޮތުން އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ 3،159 މީހުންނެވެ. މިއީ މިފަހުން ކޮވިޑަށް އެންމެ މަދުން މީހުން ޓެސްޓު ކުރި ދުވަސްވެސްމެއެވެ. ޓެސްޓުކުރި މީހުންގެ ތެރެއިން 1،007 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 793 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 183 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 26 މީހުންނެވެ.

މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރުކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު އިއުލާންކޮށްފައިވާއިރު، ޕާކުތަކާއި މައިޒާންތަކުގެ އިތުރަށް ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

- ކޮމެންޓް