ކ. މާލެ
|
8 މެއި 2021 | ހޮނިހިރު 16:07
ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ހަފުތާއަކު 160 ޔުނިޓްގެ ލޭ ބޭނުންވޭ
ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ހަފުތާއަކު 160 ޔުނިޓްގެ ލޭ ބޭނުންވޭ
ރޮމޭނިއާ އިންސައިޑަރ
ލޭ ހަދިޔާ ކުރުމަށް އެދުން
ލޭ އަޅާ ކުދިން އެބަތިބި، މިދަނޑިވަޅުގައި ވެސް ލޭ ހަދިޔާކުރޭ!
 
މީގެ ކުރިންވެސް ވަރަށް ބޮޑަށް ލޭގެ ސްޓޮކްވަނީ ދަށަށް ގޮސްފައި

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި ލޭ ހަދިޔާ ކުރުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމްބީއެސް)ން އާންމު ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ.

އެމްބީއެސްއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ލޭ ލިބުމުގައި ދަތިތަކާއި ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ވީހާވެސް ގިނަބަޔަކު ލޭ ހަދިޔާ ކުރުމަށް އެދޭ ކަމަށެވެ. މީގެ ކުރިން ވެސް ކޮވިޑް-19އާއި ގުޅިގެން މާލެސިޓީ ލޮކްޑައުން ކުރުމާއެކު ލޭ ލިބުމުގައި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް އެމްބީއެސްއިން ބުނެފައިވެއެވެ.

އެމްބީއެސްއިން އޭރު ބުނީ ގަވާއިދުން ލޭ އަޅަންޖެހޭ ކުދިން ތިބިއިރު ސްޓޮކް ދަށަށް ދިޔަކަމަށެވެ. ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ހަފުތާއަކު 160 ޔުނިޓްގެ ލޭ ބޭނުންވާކަން ފާހަގަކޮށް އެމްބީއެސްއިން ބުނީ ތެލެސީމިއާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ވީހާވެސް ގިނަ ބައެއް ލޭ ހަދިޔާކޮށްދިނުމަށް އެދޭ ކަމަށެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް އަރާފައިވާއިރު މެއި މަސް ފެށުނު ފަހުން ދުވާލެއްގެ މައްޗަށް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަންނަނީ ރިކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. އަދި އެކްޓިވް ކޭހުގެ އަދަދު މިހާރު ހުރީ 8261 ގައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 205 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް