ކ. މާލެ
|
31 މާރޗް 2021 | ބުދަ 17:46
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސް އޮފީސް
ހިޔާ ފުލެޓް
ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި އަންނަ މަހުގެތެރޭގައި ހަވާލުކުރެވޭނެ - މަބްރޫކް
 
ފައިނަލް ކުރި ލިސްޓަށް ބަދަލު އައުން އެކަށީގެންވޭ
 
ފްލެޓް ލިސްޓުގައި ސުވާލު އުފެދޭ ބައެއްކަންކަން ހުރުމުން އެކަންކަން ވެސް މިހާރު ބަލާ ހައްލު ކުރަމުން އަންނަނީ
 
ފްލެޓްތަކުގެ ޑައުންޕޭމަންޓް ދައްކާނެ މުއްދަތާއި ދައްކާނެ އަދަދު ކަނޑައަޅާފައި ނުވާކަމަށް

ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓްގެ ތަޅުދަނޑި އަންނަ މަހު ހަވާލުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންނަށް މާރިޗް މަހުގެތެރޭގައި ފްލެޓް ހަވާލުކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ކުރިންވަނީ ބުނެފައެވެ. ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރިން މިމަހުގައި ފްލެޓް ހަވާލުކުރަން ސަރުކާރުން މަސައްކަތްކުރި ނަމަވެސް ބަލަންޖެހޭ އިތުރު ކަންތައްތަކެއް ބަލަމުންދާތީވެ އެޕްރީލް މަހުގެތެރޭގައި ފްލެޓް ތަޅުދަނޑި ހަވާލު ކުރެވޭވަރު ވާނެކަމަށެވެ.

މަބްރޫކު ވިދާޅުވީ މިހާތަނަށް އަދި ފްލެޓްތަކުގެ ޑައުންޕޭމަންޓް ދައްކާނެ މުއްދަތާއި ދައްކާނެ އަދަދު ކަނޑައަޅާފައި ނުވާކަމަށެވެ. އެކަންކަމާއި ކެބިނެޓްގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ގޮތެއް ނިމި އިއުލާން ކުރެވޭނެ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، ފްލެޓް ލިސްޓުގައި ސުވާލު އުފެދޭ ބައެއްކަންކަން ހުރުމުން އެކަންކަން ވެސް މިހާރު ބަލާ ހައްލު ކުރަމުން އަންނަ ކަމަށެވެ. އަދި ފައިނަލް ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މަބްރީކް ވިދާޅުވިއެވެ. ނަމަވެސް ބަދަލު އަންނަނީ ކޮން ކެޓަގަރީއަކަށް ކަމެއް އަދި ކޮން ބަދަލެއް ކަމެއް މަބްރޫކް ވިދާޅުނުވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ، ހިޔާ ފްލެޓުގެ ޖުމުލަ ޢަދަދަކީ 7000 ނަމަވެސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް ޚާއްސަކުރުމުން އެ ޢަދަދު ވަނަ 6720ށް ބަދަލުކޮށްފައެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓު އާންމުކޮށް، ފްލެޓު ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ، ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީއެއްގައި ކަމަށެވެ. ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެށި އެންމެ ފުރަތަމަ އެެއް މަޝްރޫއެވެ.

މިމަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. ހިޔާ ފްލެޓުތަކުން ނަގާނެ ސީދާ ކުލި އަދި އާންމު ނުކުރި ނަމަވެސް ސަރުކާރުން ބުނެފައިވަނީ ފްލެޓުތަކުގެ ކުލި 7،000 އަށްވުރެ ބޮޑު ނުކުރާނެ ކަމަށެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 16 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެންޓެވެ. ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ނިމިފައިވަނީ 44 އިންސައްތަ. ކަމަށެވެ. އަދި އެ މަޝްރޫއުގެ 66 އިންސައްތަ ނިންމީ މި ސަރުކާރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 21،828 ހައުސިންގ ޔުނިޓް އެޅުމަށް ބުނި ނަމަވެސް 9120 ހައުސިންގ ޔުނިޓްގެ މަސައްކަތް އޭރު ބާތިލުކޮށްފައިވާ ކަމަށާއި ދަޢުރު ނިމުނުއިރު ނިންމާފައިވަނީ 395 ޔުނިޓްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
19%
0%
0%
76%
0%
5%
ކޮމެންޓް
1 އޭޕްރިލް 2021 | ބުރާސްފަތި 15:12
ސަފަރުކަތްދަ
ޢެއްކަމެއްވެސް ނުނިމުނު ބައެއް. ތަޅުދަނޑި ދޭހިސާބަށް ދިޔައިރު އެތަނުގެ ކުއްޔެއް އަދި ޑައުންޕޭމަންޓެއް އެނގުނީކީނޫން
31 މާރޗް 2021 | ބުދަ 21:10
ދޯރި
ތި ދެން އިބިލީހުގެ ކައިވެއްޏަށް ވެއްޖެއެވެ. ޖަންޕު ޖަހަން އުޅޭ މީހުންނަށް 3 އަހަރު ވީއިރު ފުލެޓްގެ އަގު ކަނޑައެއް ނޭޅުނެވެ. އެތަން ދޭނެ ބަޔަކު ކަނޑައެއް ނޭޅުނެވެ. ޔާމީނު ބުނާ ކަހަލަ މުސްކުޅި ސާރި ދޮޅަކާ އެއްވަރު ބަޔަކު ކިހިނެތް ޖަންޕު ޖަހާނީ.