ކ. މާލެ
|
20 ފެބްރުއަރީ 2021 | ހޮނިހިރު 23:16
ރަޝިޔާގައި ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމް
ރަޝިޔާގައި ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމް
ރޮއިޓަރސް
ރަޝިޔާއިން އުފައްދަމުން އަންނަ ކޮވިޑް ވެކްސިން
ރަޝިޔާއިން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ވެކްސިންގެ 88 މިލިއަން ޑޯޒް އުފައްދާނެ
 
ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 30.5 މިލިއަން ޑޯޒް އުފައްދާނެ
 
59 މިލިއަން ޑޯޒް ބޭނުންކުރާނީ ރަޝިޔާގައި ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް

ރަޝިޔާއިން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮވިޑަށް އުފައްދާފައިވާ ވެކްސިންތަކުގެ 88 މިލިއަން ޑޯޒް އުފައްދާނެކަމަށް އެގައުމުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ ޓަޓިއަނާ ގޮލިކޮވާ ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ސްޓޭޓް ޓީވީގައި ވާހަކަދައްކަވަމުން ޓަޓިއަނާ ވިދާޅުވީ އޭގެތެރޭގައި ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް-ވީ ވެކްސިންގެ 83 މިލިއަން ޑޯޒް ހިމެނޭކަމަށެވެ.

މީގެތެރެއިން 59 މިލިއަން ޑޯޒް ބޭނުންކުރާނީ ރަޝިޔާގައި ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ކަމަށް ޓަޓިއަނާ ވިދާޅުވިއެވެ. ރަޝިޔާއިން މިހާތަނަށް ވަނީ 11.1 މިލިއަން ވެކްސން ޑޯޒް އުފައްދާފައެވެ. މީގެތެރެއިން 7.9 މިލިއަން ޑޯޒް ބޭނުންކުރަމުން އަންނަނީ އެގައުމުގައި ކުރިޔަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމަށެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 30.5 މިލިއަން ޑޯޒް އުފައްދާނެކަމަށް ޓަޓިއަނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް