ކ. މާލެ
|
13 ޖެނުއަރީ 2021 | ބުދަ 04:40
ހޮސްޕިޓަލެއްގެ ކައިރީގައި ހަދާފައިވާ ވަގުތީ މޯޗަރެއް
ހޮސްޕިޓަލެއްގެ ކައިރީގައި ހަދާފައިވާ ވަގުތީ މޯޗަރެއް
ރޮއިޓަރސް
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު
އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއެކު ވަގުތީ މޯޗަރީތަކެއް ހަދަނީ
 
ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 3 މިލިއަނަށް އަރާފައި
 
ލަންޑަންގެ ދެކުނު ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތަކުގެ މޯޗަރީތައް ވަނީ މިހާރު ފުރިފައި
 
އިނގިރޭސިވިލާތަކީ ފަސް ވަނަ އަށް އެންމެ ގިނަ މީހުން މިބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމު

އައު ވޭރިއަންޓާއެކު އިނގިރޭސިވިލާތުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު ވައިރަސް ޖެހިގެން މަރުވާ މީހުންގެ ހަށިތަކުން ހޮސްޕިޓަލްތައް ފުރެމުންދާތީ ވަގުތީ މޯޗަރީތަކެއް ހަދަން ފަށައިފިއެވެ.

އެގައުމުގެ އޮފިޝަލުން ބުނާގޮތުގައި ހޮސްޕިޓަލްގައި ހުރި މޯޗަރީތައް ވަނީ މަރުވާ މީހުން އިތުރުވަމުންދާތީ ފުރިފައެވެ. އެހެންކަމުން މަރުވާ މީހުންގެ ހަށިތައް ބޭއްވުމަށް ވަގުތީ މޯޗަރީތަކެއް އަންނަނީ ހަދަމުންނެވެ.

ފާއިތުވި ހަފްތާތަކުގައި އިނގިރޭސިވިލާތުގައި ވަނީ ރިކޯޑް މިންވަރަށް މީހުންނަށް ވައިރަސް ޖެހި އަދި މަރުވެގެން ރިޕޯޓްކޮށްފައެވެ. ވަކިން ޚާއްސަކޮށް ލަންޑަން އާއި ދެކުނުއިރުމަތީގެ ސަރަހައްދުގެ ހާލަތު ވަނީ ގޯސްފައެވެ.

ރޮއިޓަރސް އިން ބުނާގޮތުގައި ލަންޑަންގެ ދެކުނު ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތަކުގެ މޯޗަރީތައް ވަނީ މިހާރު ފުރިފައެވެ. އެއިން ކޮންމެ މޯޗަރީއެއްގައި 600 މީހުންގެ ހަށިގަނޑު ބޭއްވެއެވެ. އެހެންނަމަވެސް މޯޗަރީތައް ފުރުމުގެ ސަބަބުން ވަގުތީ މޯޗަރީތަކުގެ ބޭނުން މިހާރު އަންނަނީ ކުރަމުންނެވެ.

ވަގުތީ ގޮތުން މޯޗަރީ ހެދީ ކޮވިޑް އެންމެ ފުރަތަމަ ފެނުމާއެކު މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. އެތާންގައި 845 ހަށިގަނޑު ބޭއްވެއެވެ.

އޭޕްރީލް އިން ފެށިގެން ޖޫން އާ ހަމައަށް 12 ހަފްތާގެ ތެރޭގައި މޯޗަރީ އަށް ގެނެސްފައިވަނީ 700 ހަށިގަނޑެވެ. ނަމަވެސް ފާއިތުވި ތިން ހަފްތާގައި އެކަނިވެސް 300 ހަށިގަނޑު ގެނެސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މިފަދަ މޯޗަރީތަކެއް ލަންޑަންގަޔާއި އެގައުމުގެ ދެކުނުއިރުމަތީ ސަރަހައްދުގައި ހަދާނެއެވެ.

އިނގިރޭސިވިލާތަކީ ފަސް ވަނަ އަށް އެންމެ ގިނަ މީހުން މިބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގޮތުން މިހާތަނަށް އައިއިރު 80،000 މީހުންނަށް ވުރެ ގިނަ މީހުން އެގައުމުގައި ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އަދި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 3 މިލިއަނަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
100%
0%
0%
0%
ކޮމެންޓް