ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 05:52
ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު ކޮންމެ ދުވަހަކުވެސް ދަނީ ކުރިއަށް - އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ހުއްޓުމެއް ނެތް
ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު ކޮންމެ ދުވަހަކުވެސް ދަނީ ކުރިއަށް - އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ހުއްޓުމެއް ނެތް
ސައުދީގެޒެޓް
މުސްލިމުންނާއި އިޒްރޭލުގެ ގުޅުން
މުސްލިމް 5 ވަނަ ގައުމާއެކު ގުޅުން އިއުލާން ކުރުމަށް އިޒްރޭލުން ތައްޔާރުވަނީ
 
ޕާކިސްތާން، ބަންގްދަލޭޝް، އިންޑޮނީޝިއާ، މެލޭޝިއާ އިން ބުނަނީ އިޒްރޭލް ބަލައި ނުގަންނާނެ ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން މުސްލިމް 5 ވަނަ ގައުމާއެކު އިޒްރޭލުން ގުޅުން އިއުލާން ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އިޒްރޭލުގެ ވަޒީރަކު ބުދަ ދުވަހު ހާމަ ކުރައްވައިފިއެވެ.

އެމެރިކާ މެދުވެރިވެގެން މި އަހަރުގެ މިހާތަނަށް އިޒްރޭލުން ވަނީ މުސްލިމް 4 ގައުމަކާ އެކު ސިޔާސީ ގުޅުން އިއުލާން ކޮށްފައެވެ. އެއީ ޔުނައިޓެޑް އެރަބް އެމިރޭޓްސް އާއި ބަހްރޭން އާއި ސޫދާން އާއި މޮރޮކޯއެވެ.

އެމެރިކާގެ ރައީސްގެ މަގާމުގެ މުއްދަތު ހަމަވާނީ 2021ގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށެވެ.

މުސްލިމް 5 ވަނަ ގައުމަކާއެކު ރައީސް ޓްރަމްޕްގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން ސިޔާސީ ގުޅުން ގާއިމް ކުރެވިދާނެތޯ ސުވާލު ކުރުމުން އިޒްރޭލްގެ ވައިނެޓް-ޓީވީ ގައި ވާހަކަފުޅު ދައްކަވަމުން އިޒްރޭލްގެ ކެބިނެޓްގައި ހިމެނިވަޑއިގަންނަވާ ރީޖަނަލް ކޯޕަރޭޝަންސް މިނިސްޓަރ އޮފީރް އަކުނިސް ވިދާޅުވީ، "މިދަނީ އެ މިސްރާބަށް މަސައްކަތް ކުރަމުން" ކަމަށެވެ.

އެމެރިކާއިން ބުނެފައިވަނީ، އެ ގައުމުގެ ސަރުކާރުން މުސްލިމް އިތުރު ގައުމުތަކާއި އިޒްރޭލާ ގުޅުން ބަދަހި ކުރުވުމަށް ނުވަތަ ގުޅުން ގާއިމް ކުރުމަށް ބާރު އަޅާ މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.

އިޒްރޭލުގެ ވަޒީރު ވިދާޅުވީ، އިޒްރޭލާ ގުޅުން އަލަށް ގާއިމް ކުރުމަށް ކެންޑިޑޭޓުންގެ ގޮތުގައި ދެ ގައުމެއް ހިމެނޭ ކަމުގައެވެ. އެއީ ކޮން ދެ ގައުމެއްކަން އޭނާ ހާމަ ނުކުރެއްވި ނަމަވެސް އޭނާ ވިދާޅުވީ އެތަނުން އެއް ގައުމަކީ ގަލްފްގެ ގައުމެއް ކަމަށާއި އެއީ އޮމާން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެ ގައުމަކީ ސައުދީ އަރަބިއްޔާ އަށް ނުވާނެ ކަން އޭނާ ކަށަވަރު ކޮށް ވިދާޅުވިއެވެ. އަނެއް ގައުމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ، އެއީ މުސްލިމް ކުޑަ ގައުމެއް ނޫން ކަމުގައެވެ. ނަމަވެސް އެއީ ޕާކިސްތާނު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާ އިން ހުސްވި ހަފްތާގައި ބުނެފައިވަނީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައި ނުގަންނަހާ ހިނދަކު އިޒްރޭލު ދައުލަތެއްގެ ގޮތުގައި އެ ގައުމުން ބަލައި ނުގަންނާނެ ކަމުގައެވެ. މެލޭޝިއާއިން ވެސް ބުނެފައިވަނީ އެފަދަ ވާހަކައެކެވެ.

"މެލޭޝިއާއިން އިޒްރޭލާ މެދު ގެންގުޅޭ ސިޔާސަތައް ބަދަލެއް ނާންނާނެ" ކަމަށް މެލޭޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ކަމަރުއްދީން ޖައުފަރު ހުސްވި ހަފްތާގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްވަމުން ވިދާޅުވުފައިވެއެވެ. ނަމަވެސް އިޒްރޭލާ މެދު އެހެން ގައުމަކުން ގެންގުޅޭ ސިޔާސަތަކަށް މެލޭޝިއާއިން ނުބެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ޚާރިޖިއްޔާގެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ، އިޒްރޭލާ އެކު ގުޅުން ގާއިމް ކުރަން އެ ގައުމުން ޝައުގުވެރިކަމެއް ނެތް ކަމުގައެވެ. އަދި ބަންގްލަދޭޝް އިން އިޒްރޭލާ މެދު ގެންގުޅޭ ސިޔާސަތައް ބަދަލެއް ނާންނަ ކަމުގައެވެ.

އޮމާން އިން ވަނީ އެމެރިކާއިން އިސްނަގައިގެން އިޒްރޭލާއި މުސްލިމް ގައުމުތަކާ އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތައް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ނަމަވެސް އެ ގައުމުން އިޒްރޭލާ ގުޅުން ގާއިމް ކުރާނެ ކަމެއް ސީދާ ބުނެފައެއް ނުވެއެވެ.

ފަލަސްތީންގެ މިނިވަންކަން އިއުލާން ކުރުމަށް އިޒްރޭލާ އެކު ކުރަމުން ދިޔަ މަޝްވަރާތައް 2014 ވަނަ އަހަރާ ހަމައިން ވަނީ ހުއްޓިފައެވެ. އަދި މުސްލިމް ގައުމުތަކާއި އެކު އިޒްރޭލުން ގުޅުން އުފެއްދުމުގެ އޮއިވަރެއް އައުމާއެކު އެ ވާހަކަތައް އިތުރަށް ކުރިއަށް ނުގެންގޮސްފާނެ ކަމުގެ ބިރުވަނީ އުފެދިފައެވެ.

8%
0%
0%
75%
8%
8%
ކޮމެންޓް