ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 17:30
އެތުލެޓިކޯ އަތުން ބާސާ ބަލިވި މެޗުގައި ޕީކޭއަށް އަނިޔާވެގެން ދަނޑުން ބާލަނިކޮށް
އެތުލެޓިކޯ އަތުން ބާސާ ބަލިވި މެޗުގައި ޕީކޭއަށް އަނިޔާވެގެން ދަނޑުން ބާލަނިކޮށް
ގެޓީ އިމޭޖަސް
ޖެރާޑް ޕީކޭއަށް އަނިޔާވުން
ޕީކޭއަށް މި ސީޒަނުގައި ދެން ނުކުޅެވުމުގެ ފުރުސަތު ބޮޑު
 
އެ މެޗުގައި ސާޖީ ރޮބާޓޯއަށްވެސް ވަނީ އަނިޔާވެފައި
 
ޕީކޭގެ ކަކުލަށް ވަނީ ބޮޑު ގެއްލުމެއް ވެފައި
 
ޕީކޭއަށް އަނިޔާވީ އެތުލެޓިކޯ އަތުން ބާސާ ބަލިވި މެޗުގައި

ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭއަށް ދެން މި ސީޒަނުގައި ނުކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ޕީކޭގެ ކަކުލަށް އަނިޔާވީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑް އަތުން 1-0 ގެ ނަތީޖާއަކުން ބާސާ ބަލިވި މެޗުގައެވެ. އެ މެޗުގެ 62 ވަނަ މިނެޓުގައި ޕީކޭއަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ.

މެޗަށްފަހު ހެދި ޓެސްޓުތަކުން ޕީކޭގެ ކަކުލަށް ބޮޑު ގެއްލުމެއްވެފައިވާކަން ވަނީ ހާމަވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މި އަނިޔާއިން ޕީކޭ އެއްކޮށް ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަދުވެގެން ހަ މަސް ނަގާނެއެވެ. އެކަމަކު މީގެ ކުރިންވެސް ޕީކޭއަށް ކަކުލުގެ އަނިޔާތަކާ ކުރިމަތިލާން ޖެހިފައިވުމުގެ ސަބަބުން މި މުއްދަތު އަށް މަހަށް ދިގުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީކޭގެ އިތުރުން އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ޑިފެންޑަރު ސާޖީ ރޮބާޓޯއަށްވެސް ވަނީ އަނިޔާވެފައެވެ. އެ މެޗުގައި ސާޖީ ރޮބާޓޯގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވިއިރު، ދެ މަސް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި ބާސާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސްވެސް އަނިޔާގައި ކުޅުމާ ދުރުގައި ހުރިއިރު، ލީގުގައި މި މަހު 10 ވަަނަ ދުވަހު ރެއާލް ބެޓިސް އަތުން ބާސާ މޮޅުވި މެޗުގައި އެ ޓީމުގެ ޒުވާން ތަރި އަންސޫ ފާޓީގެ ކަކުލަށް އަނިޔާވުމުން އޭނާ ވަނީ ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިފައެވެ.

ބާސާއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެޓީމު އޮތީ އަށް މެޗުން 11 ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ ތާވަލުގެ 12 ވަނައިގައެވެ. މިއީ 1991 ވަނަ އަހަރަށް ފަހު ބާސާ އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް