ކ. މާލެ
|
30 އޮކްޓޯބަރ 2020 | ހުކުރު 13:03
އައިންތުގެ ޓެކްސީއަށް އެތައް ފަހަރެއްގެ މަތިން ވަނީ ގެއްލުން ދީފައި
އައިންތުގެ ޓެކްސީއަށް އެތައް ފަހަރެއްގެ މަތިން ވަނީ ގެއްލުން ދީފައި
ރާއްޖެއެމްވީ
އަންހެން ޓެކްސީ ޑްރައިވަރ އައިންތު
ޓެކްސީ ޑްރައިވަރ އައިންތުއަށް ކުރާ ގޯނާ، މިފަހަރު މޭޔަރ ޝިފާ މެދުވެރިކޮށް ފުލުހުންނަށް!
 
މިއީ ޓެކްސީގެ ހިދުމަތް ދޭންފެށި ފަހުން އޭނާގެ ކާރަށް މިގޮތަށް ގެއްލުންދިން ފަސް ވަނަ ފަހަރު
 
އެތައް ފަހަރެއްގެ މަތިން ދުއްވަމުން ގެންދިއަ ޓެކްސީއަށް ގެއްލުން ދީފައިވޭ
 
އޭނާގެ ފިރިމީހާ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އިންޒާރު ދީފައިވޭ

މާލޭގައި އާންމުންނަށް ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ އާމިނަތު ވަހީދާ (އައިންތު) އަށް އެކި ގޮތްގޮތުން ކުރަމުންދާ ގޯނާތަކުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެކި ފަހަރުމަތިން އައިންތު ދުއްވަމުންދިއަ ޓެކްސީތަކަށް ގެއްލުންދީ، އެކިކަހަލަ ގޯނާތައް ކުރާ ވާހަކައަކީ ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށްވެސް ގެނެވިފައިވާ ވާހަކައެކެވެ. މީގެ އަހަރެއް ކުރިން އައިންތު ވަނީ އޭނާއަށް ދިމާވި ގޯނާތަކާއި، ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް "ރާއްޖެއެމްވީ" އަށް ކިޔާދީފައެވެ. އެހެން ނަމަވެސް ހިތާމައަކީ އަހަރެއް ވޭތުވެގެން ދިއަ އިރުވެސް، އެ ގޯނާތަކަށް ހުއްޓުމެއް އައިސްފައި ނުވުމެވެ. ދާދި ފަހުންވެސް އައިންތު އާމްދަނީ ހޯދުމަށް ދުއްވި ޓެކްސީއަށް ގެއްލުންދީފައިވާއިރު، މިއީ މިކަން ތަކުރާރުވި 5 ވަނަ ފަހަރު ކަމަށް އައިންތު ބުނެއެވެ.

މާލޭގައި އާންމުންނަށް ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ އާމިނަތު ވަހީދާ (އައިންތު)

26 ނޮވެންބަރ 2019: އޭރުގެ ޙާލަތަކީވެސް މިއީ، އެހީ ހޯދުމަށް ނުދާ ތަނެއް ނެތް!

އޭރު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އައިންތު ކިޔާދީފައިވާ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން އޭނާ ދަނީ ފިރިމީހާގެ ފަރާތުން ލިބެމުންދާ އަނިޔާތަކާއި، ފިރިމީހާ ޚަރަދު ނުކުރުމުގެ މައްސަލަ ޖެންޑަރ މިނިސްޓްރީއާއި، އެފްސީޕީޑީ އަދި ފުލުހުންނަށްވެސް ހުށައަޅަމުންނެވެ. އެގޮތުން ފިރިމީހާ އަނިޔާކޮށް ޚަރަދު ނުދޭތީ ވަރިވާންވެސް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ކޯޓުންވެސް ސުލްޙަވުމަށް ފޮނުވާކަމުގެ ޝަކުވާ އައިންތު ކުރިއެވެ.

އައިންތު ބުނީ، ފިރިމީހާ އެގޮތަށް ކަންތައް ކުރަމުންދާއިރު ސުލްހަވުމަށް ފޮނުވަންޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. އޭރު އުފަން ދެ ދަރިންނާއި އާއިލާ މީހެއްގެ ދެ ދަރިން ބަލައި އެ މީހުންނަށް ޚަރަދު ކުރަމުން ދިޔަ އައިންތު ދިރިއުޅުމަށް ކުރަމުންދިޔަ މަސައްކަތަށް އެތައް ފަހަރަކު ވަނީ ހުރަސް އެޅިފައެވެ. އޭރުވެސް އައިންތު ކުރަމުން ދިޔަ ސުވާލަކީ މިކަމުގައި އިންސާފު ހޯދުމަށް އެދި އޭނާ ދާންވީ ކޮން ތަނަކަށްތޯއެވެ؟

އަޅުގަނޑު ވަރަށް ފާޙަގަކުރަން އަޅުގަނޑަށް މިކަމުގައި އެއްވެސް ތަނަކުން އެއްބާރުލުން ނުލިބޭތީ މިހާ ގިނަ ދުވަސް ވެގެންދާއިރު އަޅުގަނޑު ހުށައަޅާފައި ތިބި މައްސަލަތަކުން އެއްވެސް މައްސަލައަކީ ސީރިއަސް މައްސަލައެއް ގޮތަށް ނުދެކި ފެމިލީ ޕްރޮޓެކެޝަންގެ ފަރާތުންވެސް އަޅުގަނޑަށް އެންމެ ފަހުން ދުވަހު ބަޔާން ހުށައަޅަން ދިއުމުން އަޅުގަނޑާ ދޭތެރޭ ކަންތައް ކުރީ ވަރަށް އިހާނަތިކޮށް، ކީއްވެގެންތޯއޭ އަޅުގަނޑަށް އެހީތެރިކަމެއް ނުލިބެނީ، އަޅުގަނޑަކީ ދެރަ ނިކަމެއްޗެއް ވީމާ އަޅުގަނޑާއި ދޭތެރޭގައި މިކަމުގައި އެއްވެސް މުއައްސަސާއަކުން އެއްބާރުލުން ނުދެނީތޯއޭ، ކިހިނެއްތޯއޭ އަޅުގަނޑު ހަދަންވީ، އަޅުގަނޑުގެ ކުދިންނަށްވެސް އަޅުގަނޑަށްވެސް ނެތް ރައްކާތެރި ކަމެއް ނެތް މިހާރު،
އައިންތު މިދިޔަ އަހަރު ރާއްޖެއެމްވީއަށް ދިން އިންޓަރވިއުގެ ތެރެއިން
އައިންތުގެ ޓެކްސީއަށް ގެއްލުން ދީފައި

27 އޮކްޓޯބަރ 2020: ކާރަށް 5 ވަނަ ޙަމަލާ، ހުއްޓުމެއް ނެތް؟

އެތައް ފަހަރެއްގެ މަތިން ދުއްވަމުން ގެންދިއަ ޓެކްސީއަށް ގެއްލުންދީ ހަލާކު ކުރުމުންވެސް އައިންތު އަދިވެސް ގެންދަނީ އެ މަސައްކަތް ކުރަމުންނެވެ. އާމްދަނީ ހޯދައި ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖައްސާނެ މަގަކީވެސް އެއީކަމަށް ވާތީއެވެ. އެހެން ނަމަވެސް ދާދި ފަހުން އަނެއްކާވެސް އޭނާގެ ޓެކްސީއަށް މިވަނީ ގެއްލުން ދީފައެވެ.

އަންގާރަ ދުވަހު އޭނާ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އޭނާ މިހާރު ޓެކްސީ ކުރަމުންގެންދާ ކާރު ޑްރަގް ކޯޓު ކުރިމަތީ ޕާކްކޮޮށްފައި ވަނިކޮށް ކާރުގެ ބިއްލޫރިގަނޑު ތަޅާލާފައި ކަމަށެވެ. އައިންތު ބުނި ގޮތުގައި މިއީ އޭނާ ޓެކްސީގެ ހިދުމަތް ދޭންފެށި ފަހުން އޭނާގެ ކާރަށް މިގޮތަށް ގެއްލުންދިން ފަސް ވަނަ ފަހަރެވެ.

މިޕޯސްޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި މިހެންވުމުގެ ސަބަބުން ކާންބޯން ކުރާ މަސައްކަތް ހުއްޓި، އައިންތު ވަނީ މިކަމުގައި ދާއިމީ ހަައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާއި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައެވެ.

މޭޔަރ ޝިފާ ވަނީ އައިންތުއާއި ބައްދަލުކޮށް ދިމާވާ ދަތިތައް އޮޅުން ފިލުވާފައި..

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވެސް މިވަނީ އައިންތުއާއި ބައްދަލުކޮށް، އޭނާއަށް ދިމާވަމުންދާ ދަތިތަކާއި ގޯނާތައް އޮޅުން ފިލުވާފައެވެ. އެގޮތުން އައިންތުއަކީ މާލޭ ސިޓީގައި ޓެކްސީ ކޮށްގެން ޙަލާލް މަސައްކަތުން ދިރިއުޅުމެއް ބިނާކޮށްގެން ދިރިއުޅެމުންދާ ފިސާރި ކަނބަލެއްކަން ފާހަގަކުރައްވައި މޭޔަރ ޝިފާ ވަނީ އައިންތުއަށް ގޯނާތަށް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

އެ މައްސަލަ ޖެންޑަރ މިނިސްޓްރީއާއި ފުލުހުންނަށްވެސް އެތައް ފަހަރަކު ހުށައަޅާފައިވާއިރު، އެކަމަށް އަވަސް ޙައްލެއް ލިބި، އަވަހަށް އިންސާފު ޤާއިމު ކުރަން ޖެހެއެވެ. އޭރު އައިންތުގެ ކާރު މަގުމަތިން ހުއްޓުވައި އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ދީ އޭނާއަށްވެސް އަނިޔާކޮށްފައިވާ މައްސަލަ ފުލުހުންނަށްވެސް ރިޕޯޓް ކޮށްފައިވާއިރު، އެ މައްސަލަ ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން އޭރު މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އޭނާއަށް ލިބެމުންދާ ގޯނާތައް ހުއްޓުވިފައި ނުވަނީ ކީއްވެތޯ މިއީ ހައްތަހާވެސް އައިންތު ޖަވާބު ހޯދަން ބޭނުންވާ ސުވާލުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
54%
0%
29%
13%
0%
4%
ކޮމެންޓް
30 އޮކްޓޯބަރ 2020 | ހުކުރު 15:26
ސައިމޮ
މިޤައުމުގަ އުޅޭ މަދު ތުބުޅިލީ މުނާފިޤުކަމުގެ ލަދުކުނޑަ އަމަލެއް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި