ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 20:55
ވިސްކޮންސިންގައި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކިޔު ހަދައިގެން
ވިސްކޮންސިންގައި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކިޔު ހަދައިގެން
ރޮއިޓަރސް
ކޮވިޑް-19 އެމެރިކާގެ ހާލަތު
ފިނި މޫސުމާއި ދިމާކޮށް އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވަނީ
 
އެމެރިކާގެ 9 ސްޓޭޓެއްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަަމަށް ރޮއިޓަރސް ޓެލީން ދައްކައި
 
ހޮނިހިރު ދުވަހު އެކަނިވެސް ހަތަރު ސްޓޭޓެއްގައި ވަނީ ރިކޯޑް މިންވަރަކަށް އަލަށް މީހުންނަށް ވައިރަސް ޖެހިފައި

ފިނި މޫސުމާއި ދިމާކޮށް އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނި މޫސުން ކަމަށްވުމާއެކު ގިނަ ބަޔަކު ތަންތަނުގެ އެތެރޭގައި ގިނަ ވަގުތު ހޭދަކުރާއިރު އެމެރިކާގެ 9 ސްޓޭޓެއްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަަމަށް ރޮއިޓަރސް ޓެލީން ދައްކައެވެ. އެގޮތުން ފާއިތުވި ހަތް ދުވަހު ގިނަ ކޭސްތައް ފެނިފައިވަނީ މިޑްވެސްޓް އަދި ހުޅަނގު ސަރަހައްދުގައި ހުރި ސްޓޭޓްތަކުގައެވެ.

ހޮނިހިރު ދުވަހު އެކަނިވެސް ހަތަރު ސްޓޭޓެއްގައި ވަނީ ރިކޯޑް މިންވަރަކަށް އަލަށް މީހުންނަށް ވައިރަސް ޖެހިފައެވެ. މުޅި ޖުމްލަ 49،000 މީހުންނަށް އަލަށް ވައިރަސް ޖެހިފައިވާއިރު މިއީ ފާއިތުވި ހަފްތާގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑް ކުރި ދުވަސް ވެސް މެއެވެ.

މި ސްޓޭޓްތަކުގައި ދުވާލު ގަޑީގައި ފިނިހޫނު މިން ހުންނަނީ 10 ޑިގްރީ ސެލްސިޔަސްގައެވެ. ސިއްހީ މާހިރުން އަންނަނީ މީގެ އެތައް ދުވަހެއް ކުރިން ވެސް ފިނިމޫސުމާއި ދިމާކޮށް މީހުން ބޭރު ތެރޭގައި އުޅޭނެ ވަގުތު މަދުވުމާއެކު ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބުނަމުންނެވެ.

މޮންޓާނާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ފާއިތުވި ތިން ދުވަހު އިތުރުވެފައިވާއިރު ރިކޯޑް އަދަދަކަށް މީހުން ހޮސްޕިޓަލްގައި ވަނީ އެޑްމިޓްކޮށްފައެވެ. މީގެއިތުރުން ވިސްކޮންސިންގައިވަނީ ރިކޯޑް އަދަދަކަށް މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ. އަދި ވައިރަސް ޖެހޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. ވިސްކޮންސިންގައި ވައިރަސް އަށް ޓެސްޓްކުރެވޭ ޓެސްޓްތަކުގެ 22 އިންސައްތަ ނަތީޖާ އަކީ ޕޮޒިޓިވްއެވެ. މިއާއެކު ވިސްކޮންސިން ވެގެން ގޮސްފައިމިވަނީ މިވަގުތު އެމެރިކާގެ ސްޓޭޓެއްގައި އެންމެ މަތިން ޕޮޒިޓިވްވާ ރޭޓް އުޅޭ ސްޓޭޓަށެވެ.

ވިސްކޮންސިންގެ ގަވަރުނަރު ވަނީ އޮގަސްޓް މަހުގެ 1ން ފެށިގެން އެ ސްޓޭޓްގައި މާސްކު އެޅުން މަޖުބޫރު ކޮށްފައެވެ. އެހެންނަމަވެސް ރިޕަބްލިކުން އަންނަނީ މާސްކު އެޅުން މަޖުބޫރު ކުރުމުން މިކަމާމެދު ކޯޓުގައި ވަކާލާތު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް