ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 16:35
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުނ
އިޒްރޭލާ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެއް ނުވޭ، އަދި ނުވެސް ކުރާނެ: މިނިސްޓްރީ
 
މުޅި ދުނިޔޭގެ ހުރިހާ ޤައުމެއް އަތުގުޅާލައިގެން މަސައްކަތް ކުރަން ޖެހޭ ކަން ވެސް ފާހަގަކުރެއްވި
 
ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފަ

ޔޫ.އޭ.އީ، އަދި އެހެން ޤައުމަކާއެކު ވެސް އިޒްރޭލާ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މި ސަރުކާރުން ދުވަހަކުވެސް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި އަދި ނުވެސް ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނެފައިވަނީ އިޒްރާއިލް އާއި ރާއްޖެއާއި ދެމެދު ގުޅުން ގާއިމު ކުރުމާއި ގުޅޭ ގޮތުން ޔޫއޭއީ އާއި އެކު މަޝްވަރާކޮށްފި ކަމަށް ބުނެ މީޑިއާއަކުން ޝާއިއު ކޮށްފައިވާ ޚަބަރަކާއި ގުޅިގެންނެވެ.

އެ ޚަބަރުގައި ލިޔެފައިވާގޮތުން މި މަޝްވަރާތައް ކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫއޭއީއަށް ކުރެއްވި ދަތުރުގައެވެ. އަދި އެ ދަތުރުގެ ކުރިން ވެސް ޔޫއޭއީން އެކަމާ ގުޅޭ ބައެއް މަޝްވަރާތައް ފޯނުން ވެސް ކޮށްފައިވާ ކަމަށް ލިޔުމުގައިވެއެވެ.

އަންގާރަ ދުވަހުގެ ރޭ އދ ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގައި ތަޤުރީރު ކުރައްވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ ޙައްޤުތައް ކަށަވަރުޗ ކުރުމަށް މުޅި ދުނިޔޭގެ ހުރިހާ ޤައުމެއް އަތުގުޅާލައިގެން މަސައްކަތް ކުރަން ޖެހޭ ކަން ފާހަގަކުރައްވާފައެވެ.

އަދި ޒަމާންތަކެއް ވަންދެން، ފަލަސްތީނުގެ ރައްޔިތުންގެ ނިމުމެއް ނެތް އާދޭހަކީ، ޤަދަރާއި ޢިއްޒަތާއެކު، އަމިއްލަ ވަޠަނެއްގައި ސުލްހަވެރިކަމާއެކު އުޅުމުގެ ފުރުޞަތު ލިބުން ކަމަށާއި 1967ގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާފެވައިވާ 2 ޤައުމެއްގެ ގޮތުގައި އަދި އިރުމަތީ ޤުދުސް ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ގޮވާލެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް