ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 06:49
ދަތުރުތައް ކުރުމަށް ބޭނުން ކުރާ ކާގޯ ފެރީ އަކީ އިންޑިއާގެ ޝިޕިންގ ކޯޕަރޭޝަނުން އޮޕަރޭޓް ކުރާ ފެރީއެއް
ދަތުރުތައް ކުރުމަށް ބޭނުން ކުރާ ކާގޯ ފެރީ އަކީ އިންޑިއާގެ ޝިޕިންގ ކޯޕަރޭޝަނުން އޮޕަރޭޓް ކުރާ ފެރީއެއް
ރާއްޖެއެމްވީ
ކޮޗިންއާ ރާއްޖެއާ ދެމެދު ފެރީ ހިދުމަތް
ކޮޗިން ފެރީ ކުޅުދުއްފުއްޓަށް ފޯރައިފި
 
މި ފެރީ މާލެއަށްވެސް އައުމަށް ހަމަޖެހިފައިވޭ
 
ކުދި ވިޔަފާރިތައް މާކެޓް ކުރެވިގެންދާނެ
 
ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ

އިންޑިއާގެ ކޮޗިންއާއި ރާއްޖެ އާއި ދެމެދު ބާއްވާ ކާގޯ ފެރީ ހދ. ކުޅުދުއްފުއްޓާ ހަމައަށް ފޯރައިފިއެވެ.

ކޮޗިން ފެރީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކުޅުދުއްފުށި ސިޓީއަށް ގޮސްފައިވާއިރު، މޯލްޑިވްސް ކަސްޓަމްސްގެ ކޮންޓްރޯލް އޭރިއާގައި ހުންނަން ޖެހޭ މިންގަޑުތަކަށް ފެތޭތޯ ބެލުމުގެ މަސައްކަތް އެމްޕީއެލް އާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފެރީން ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސާމާނާއި، ދަނޑުވެރިކަމާ ގުޅޭ ސާމާނު ކުޅުދުއްފުއްޓަށް ބާލާނެއެވެ. އެގޮތުން ކުޅުދުއްފުއްޓަށް ގިނަ އަދަދެއްގެ ސިމެންތި ބޭލުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.

އަދި އެއަށްފަހު މި ފެރީ މާލެއަށް ވެސް އައުމަށް ހަމަޖެހިފައިވާއިރު، މާލެއަށް ސިމެންތިއާއި، ކޮންސްޓްރަކްޝަން ސާމާނާއި، ކާބޯތަކެއްޗާއި، މެޝިނަރީ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލެއަށް ގެންދާ ބައެއް ސާމާނުގެ ތެރޭގައި ޕީވީސީ ޕައިޕް، ގާރޑެން ޕޮޓްސް ވެސް ހިމެނެއެވެ.

މި ޚިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ. އެއާއެކު ރާއްޖޭގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، އަތޮޅު ތެރޭގައިވެސް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހި ކުރުމަށް މިވަނީ މަގު ފަހިވެގެން ގޮސްފައެވެ.

ރާއްޖެއާއި ކޮޗިންއާއި ދެމެދު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކާގޯފެރީ އަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރި ކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެއް ކަމުން ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުން ކުރުމަށެވެ. އެގޮތުން މި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
5%
59%
0%
18%
9%
9%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި