ކ. މާލެ
|
25 ސެޕްޓެންބަރ 2020 | ހުކުރު 11:33
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމުގެ ލިޔުން އަމީންއާ ކުރީގެ ރައީސް ޔާމީން ހަވާލު ކޮށްދެއްވަނީ (ފައިލް ފޮޓޯ): އެންއައިސީން ގާނޫނީ ޒިންމާ އަދާކޮށްފައެއް ނުވޭ
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމުގެ ލިޔުން އަމީންއާ ކުރީގެ ރައީސް ޔާމީން ހަވާލު ކޮށްދެއްވަނީ (ފައިލް ފޮޓޯ): އެންއައިސީން ގާނޫނީ ޒިންމާ އަދާކޮށްފައެއް ނުވޭ
ރައީސް އޮފީސް
ރިލްވާންގެ މަރު: އިހުމާލުވި ބޭފުޅެއް އޭސީސީއަށް
އޭސީސީގެ އިންވެސްޓިގޭޝަން ހެޑަކަށް، ރިލްވާން ވަގަށް ނަގައި މަރާލި މައްސަލަ ބަލަން އިހުމާލުވި ބޭފުޅެއް!
 
މަގާމުން ވަކިކުރަން ކޮމެޓީން ނިންމައި، މަޖިލީހުން ވަކިކުރަން ވޯޓަށް އެހުމުގެ ކުރިން، މަގާމުން އިސްތިއުފާ ދެއްވި
 
އާންމު ރައްޔިތަކަށް އަނިޔާކުރި މައްސަލާގައި ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރުމުން، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރި ފުލުހުންގެ މައްސަލަ ވެސް ބެލުމުގައި އިހުމާލުވި
 
ރިލްވާން ވަގަށް ނަގައި މަރާލި މައްސަލަ ބެލުމުގައި އެންއައިސީގެ މެމްބަރަކަށް އިންނަވައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައެއް ނުވޭ

ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ މެމްބަރުކަމުގައި ހުންނަވައި، މަގާމުގެ ޒިންމާ އަދާކޮށްފައިނުވާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައި، މަގާމުން ވަކިކުރަން ނިންމުމުން، މަޖިލީހުން ވަކިކުރަން ވޯޓަށް އެހުމުގެ ކުރިން، މަގާމުން އިސްތިއުފާ ދެއްވި ބޭފުޅަކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ (ހެޑަކަށް) ވެރިއަކަށް އައްޔަން ކުރަން ނިންމާފައިވާކަން ރާއްޖެއެމްވީއަށް ހާމަވެއްޖެ އެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސީނިއަ އިންވެސްޓިގޭޝަން އޮފިސަރގެ މަގާމަށް އޭސީސީން ކުރި އިއުލާނަކާ ގުޅިގެން، އެމަގާމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ކުރީގެ މެމްބަރު އަހުމަދު އަމީން ވަނީ ކުރިމަތިލައްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އޭސީސީން މިހާރު ނިންމާފައިވަނީ އޭނާ އެމަގާމަށް އައްޔަން ކުރުމަށްފަހު އަދި އޭސީސީގެ އިންވެސްޓިގޭޝަން ހެޑްގެ މަގާމަށް އަންޔަން ކުރުމަށެވެ.

އަހުމަދު އަމީން:

އަހުމަދު އަމީނަކީ ކުރިން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރެކެވެ. އެންއައިސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައިވަނީ، މިދިއަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ. އަމީންއާއެކު އެކޮމިޝަނުގެ ހަތަރު ބޭފުޅަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެމެންބަރުންނަކީ އޭރު އެކޮމިޝަނުގައި ތިއްބެވި އަމީންގެ އިތުރުން، އެކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނާއި އެކޮމިޝަނުގެ ނާއިބު ރައީސް ހައްސާނު ހަމީދުގެ އިތުރުން އެކޮމިޝަނުގެ މެމްބަރު ޚަދީޖާ އަބްދުﷲ އެވެ.

މި ހަތަރު ބޭފުޅުން މެމްބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އެމެމްބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާފައި ވަނިކޮށެވެ. ކޮމެޓީން އެ ހަތަރު މެމްބަރުން މެމްބަރުކަމުން ވަކިކުރަން ނިންމާފައިވަނީ މިދިއަ ޖުލައި 9 ދުވަހު އެވެ. މި ހަތަރު މެމްބަރުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޔަން ކުރެއްވި މެމްބަރުން ނެވެ.

އަމީނާއެކު، އެ ހަތަރު މެމްބަރުން ވަކިކުރަން ކޮމެޓީން ނިންމި ސަބަބު، ބޮޑެތި ތުހުމަތުތަކެއް:

* ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި، މަރާލި މައްސަލަ:

ރިލްވާން ވަގަށް ނަގައި މަރާލި މައްސަލާގައި 14 އޮކްޓޯބަރު 2019 ވަނަ ދުވަހު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއެކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދްމަތްތަކާބެހޭ ކޮމެޓީގެ ބައްދަލުވުމުގައި، ބަޔަކު މީހުން ވެގެން ރިލްވާން ވަގަށް ނެގި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރުމުގައި އެ ސަރވިސްގެ އިހުމާލެއް ނެތްކަމަށް ކަނޑައަޅައި، އެކޮމިޝަނުން ނެރެފައިވާ ރިޕޯޓްގައި ފުލުހުންގެ އިހުމާލެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ބަލަން ޖެހޭ މިންވަރަށް ނުބެލި ކަމަށާއި، ކޮމެޓީގެ މެމްބަރުން ކުރި ސުވާލުތަކުންނާއި ހިއްސާކުރި މައުލޫމާތުތަކުން އެކަން ސާފުވެއްޖެ ކަމަށާއި، އެމައްސަލާގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާކަމަށް ގަބޫލުކުރެވޭ ކަމުގައި ބަޔާންކޮށް، އެމައްސަލައިގެ ތަހުގީގު ރަނގަޅަށް ފުރިހަމަ ނުކުރެވޭކަމަށް ސަލާމަތީ ހިދްމަތްތަކާބެހޭ ކޮމެޓީގެ ބައްދަލުވުމުގައި އިއުތިރާފްވެފައިވެއެވެ.

މިފަދަ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ޚައްޞާޞީ މައްސަލައެއްގައި، އަދި އެތައް ދުވަހެއްގެ ތަހުގީގަށްފަހު، ފާޅުކަން ބޮޑުގޮތެއްގައި ގޯހެއް ހެދިފައިވާކަން އެނގެން އޮތްއިރު، މިއީ ކޮމިޝަނުގެ މެމްބަރުންގެ ގާބިލްކަމާމެދު ކޮމެޓީގެ މެމްބަރުންނަށް ސުވާލު އުފެދި، މިފަދަ މައްސަލަތައް ތަހުގީގުކުރުމުގެ އަސާސީ ރުކުނެއް ކޮމިޝަނުގެ މެމްބަރުންގެ ކިބައިން އުނިވެގެން، ގޮސްފައިވާ ކަމެއް ކަމަށް ސަލާމާތީ ހިދްމަތްތަކާބެހޭ ކޮމެޓީން ފާހަގަކޮށްފައި ވެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ހަމައެކަނި އެހެން ފަރާތަކުން ދޭ މައުލޫމާތުތަކަށް އެކަނި ބުރަވެ، ތަހުގީގު ހިންގަންޖެހޭ މުއައްސަސާއެއް ނޫނެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަކީ އެކޮމިޝަނުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ކޮމިޝަނަށް ލިބިދީފައިވާ އާންމު ބާރުތަކަށް ރިއާޔަތްކުރާއިރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރާ ގާނޫނާ ހިލާފް އަމަލުތައް މިނިވަންކަމާއެކު ތަހުގީގުކުރުމުގެ ބާރު ގާނޫނުން ލިބިދީފައިވާ ކޮމިޝަނެކެވެ. ނަމަވެސް ހަމައެކަނި ރިލްވާންގެ މައްސަލައަށް ބަލާލި ނަމަވެސް އެ ކޮމިޝަނުގެ މަސްއޫލިއްޔަތު ގާނޫނުގައިވާ ގޮތުގެމަތިން އަދާކޮށްފައި ނުވާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމެޓީން، އަމީން ހިމެނޭ ގޮތަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އެ ހަތަރު މެމްބަރުން ވަކިކުރަން ނިންމާފައިވާ ރިޕޯޓްގައި ބުނެފައި ވެއެވެ.

*މ. އުޖާލާގެއަށް ފުލުހުން ވަދެ އެގޭގައި ހުރި އާންމު ރައްޔިތަކަށް އަނިޔާކުރި މައްސަލަ:

މ. އުޖާލާގެއަށް ފުލުހުން ވަދެ އެގޭގައި ހުރި އާންމު ރައްޔިތަކަށް އަނިޔާކުރި މައްސަލާގައި ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރުމުން، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރި ފުލުހުންގެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދްމަތްތަކާބެހޭ ކޮމެޓީއަށް ހުށަހެޅުމާއެކު، 11 ޖުލައި 2019 ގައި އެމައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެކޮމިޝަނުގައި އެދުމުން، ހަމަ އެދުވަހުން ފެށިގެން އެ މައްސަލަ ތަހުގީގުކުރަން ފައްޓަވާފައިވާކަމަށް ސަލާމަތީ ހިދްމަތްތަކާބެހޭ ކޮމެޓީއަށް ލިޔުމުން މައުލޫމާތު ދީފައިވީ ނަމަވެސް، އޭގެ 8 މަސް ފާއިތުވެގެން ދިޔައިރުވެސް އެމައްސަލައިގެ ތަހުގީގު ނިންމާފައިނުވެއެވެ. އަދި ކޮމެޓީން އެމައްސަލައިގެ ތަހުގީގު ރިޕޯޓް ފޮނުވައިދިނުމަށްއެދުމުން، ފޮނުވާފައިވަނީ ކަމާ ނުގުޅޭ ރިޕޯޓްތަކެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންއައިސީގެ ކުރީގެ މެމްބަރުން: މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމުގެ ތުހުމަތު ކުރެވޭއިރު، މިހާތަނަށް މައްސަލައެއް ނިންމުމަށްފަހު، ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައެއް ނުވޭ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ނިންމައި ޕީޖީ އޮފީހަށް އެއްވެސް މައްސަލައެއް ފޮނުވާފައެއް ނުވޭ:

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އުފެދުނީ، 6 ސެޕްޓެމްބަރު 2015 ގައި ވުޖޫދުވި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ގާނޫނުގެ ދަށުން ނެވެ. އެކޮމިޝަނުން، ގާނޫނު ތަންފީޒު ކުރާ އިދާރާތައް ކަމަށްވާ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަން، ގާނޫނު ތަންފީޒުކުރާ އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފް އަމަލުތައް ބަލައި، ތަހުގީގުކުރުމާއި ދައުވާކުރަންޖެހޭނަމަ، އެމައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވުން ހިމެނެ އެވެ. ނަމަވެސް އެންއައިސީ އުފެދިގެން މިހާތަނަށް އައިއިރުވެސް އެއްވެސް މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ މެމްބަރު އަމީން ހިމެނޭގޮތަށް ހަތަރު މެމްބަރުން، އެކޮމިޝަނުގެ ގާނޫނުން އެމެމްބަރުންނަށް މަތިކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތު އަދާ ކޮށްފައިނުވާތީ، މެމްބަރުކަމުން ވަކިކުރަން ނިންމާފައިވަނިކޮށް، މަގާމުން އިސްތިއުފާ ދެއްވިއިރު، އަމީން މިވަނީ ދައުލަތުގެ އެންމެ މުހިއްމު އެއް ތަހުގީގީ އިދާރާކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ މަގާމަށް ކުރިމަތި ލައްވާފަ އެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން ސެކްޝަނުގެ އިސްވެރިޔަކަށް އަމީން އައްޔަން ކުރަން ނިންމާފައިވާތީ، މިއީ ސުވާލު އުފެދޭ ކަމެކެވެ.

މިކަމާ ގުޅިގެން އޭސީސީގެ ބަހެއް ހޯދުމަށް ގުޅުމުން، އެކޮމިޝަނުގެ މީޑިއާ އޮފިޝަލު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، އެކޮމިޝަނުގެ އިދާރީ ކަންކަމާ ގުޅޭގޮތުން އެކޮމިޝަނުން ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
25%
17%
0%
42%
8%
8%
ކޮމެންޓް
26 ސެޕްޓެންބަރ 2020 | ހޮނިހިރު 19:00
މުސްލިމް
އޭ ފަޒީން. ޤިޔާމަތް ދުވަސް އައިސް މި ޚަބަރާއި ގުޅިގެންވެސް ސުވާލު ކުރާނެކަން ހަނދާން ކުރާށެވެ. ފިތުނަ އުފައްދަން ތިޔަ ކުރާ މަސައްކަތް ހުއްޓާލާށެވެ.
26 ސެޕްޓެންބަރ 2020 | ހޮނިހިރު 16:52
ޖަމަން ހާނު
ކަލޭމެން ބޯބުރާޏްތި ވެފައި ތަ ތިޔަތިބެނީ .. ބަލަ މަގާމު އިއުލާން ކުރީމަ ޝަރުތު ފުރިހަމަ ވީމަ ވަޒީފާ ދިނީ. ތިޔަވެގެން އުޅޭ ގޮތް އެންމެނައްވެސް އިނގޭ ކަލޭމެން ބޭޏުންވާ ވަކީ މިހަކަު ދެކޮޅަް މަސްއަލަ ތައް ނުބެލީމަ ތޮޔަ އުޅެނީ ހަސަދަވެރިވެގެން
25 ސެޕްޓެންބަރ 2020 | ހުކުރު 16:58
ރިޅުވާނުގެ މައްސަލަ އަވަހަށް ނިންމާލާ ވަޒީ ފާގަ ތިބެވޭނެކަމަށް ހީކުރި މީހުންތޯ.
25 ސެޕްޓެންބަރ 2020 | ހުކުރު 13:44
ފަނުދުންމާރި
މިނޫން މީ ހަކު ނެތެއްނު. ސަރުކާރު ބަދަލުވީމަ ކުލަ ބަދަލު ކުރާ މީ ހުން ނަށް ވަޒީފާ. 7 އަހ ހަރު ވަންދެން މަގުމަތީ ތިބި މީ ހުން އަދިވެސް މަގުމަތީ. ވަރަށް އިންސާފުވެރި.