ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 17:50
ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
މަޖިލިސް
ކުރީގެ މާލީ ވަޒީރު މުނައްވަރު
މުނައްވަރު މަޖިލީހަށް ވަޑައިގަތީ ހުމާ ހުންނަވައިގެން
 
މަޖިލިހުގެ ޖަލްސާއަށް ވަންނަވާ ބޭފުޅުންގެ ޓެމްޕަރޭޗަރު ބަލަން އެޗްޕީއޭއިން އަންގާފައިވޭ
 
އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ލެކްޗަރަރ އެއްގެ ގޮތުގަ
 
އޭނާ ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން އުޅުއްވަނީ ބަލިވެ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލީ ވަޒީރުކަން ކުރެއްވި އަހުމަދު މުނައްވަރު މުޅި މަޖިލީހުގެ ކޮމިޓީއަށް ވަޑައިގަތީ ހުމާ ހުންނަވައިގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އޭނާ ހާޒިރުވެ ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ނަމުގައި ގެރެންޓީ ދީފައިވާ ލޯނުތަކާއި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ދަރަނީގެ މިންވަރު ހުރި މިންވަރު ސާފުނުވާތީ އެކަން ބެލުމަށް ޔާމީނުގެ ސަރުކާރުގައި މާލީ ވަޒީރުކަން ކުރެއްވި ދެ ވަޒީރަކާއި މިހާރުގެ މާލީ ވަޒީރުގެ އިތުރުން އޮޑިޓަރ ޖެނެރަލްއާއި ގަވަރުނަރު ހާޒިރުވެވަޑައިގެންނެވި ކޮމިޓީއެއްގައެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން އުޅުއްވަނީ ބަލިވެ ކަމަށެވެ. އޭނާ ތަޅުމުގައި ހުންނެވީ މާސްކު އަޅުއްވައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އަދި މިދިޔަ ހަފްތާއިން ފެށިގެން އަޅުގަނޑު މިއުޅެނީ ވަރަށް ބޮޑަށް ހަމަ ހުން އައިސްސަ ރޯގާ.. އެހެންނަމަވެސް މިކަމަކީ މުހިއްމު ކަމަކަށްވާތީވެ، ތިބޭފުޅުންގެ މުހިއްމު ކަމަށްވާތީ، އަޅުގަނޑު މިހިރީ ހާޒިރުވެ އިނގޭތޯ
ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު

ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގެން އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ލެކްޗަރަރ އެއްގެ ގޮތުގައެވެ.

ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާ، އުސޫލެއް އެކުލަވާލުމަށްފަހުއެވެ.

މަޖިލީހުގެ ތަޅުމުގައި ތިއްބަވާ މެމްބަރުންނާއި އިދާރީ މުވައްޒަފުން މާސްކު އެޅުމަށް މި އުސޫލުގައި ބަޔާންކޮށްފައިވާއިރު، ޖަލްސާކުރާ މާލަމަށް ވަނުމުގެ ކުރިން ޓެމްޕަރޭޗަރު ބެލުން، ހުން ނެތްކަން ކަށަވަރުކުރުމާއި ކޮވިޑުގެ އަލާމާތެއް ހުރި މީހަކު ޖަލްސާގައި ބައިވެރިނުވުމަށް ވެސް އުސޫލުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
6%
9%
59%
9%
13%
3%
ކޮމެންޓް
13 އޯގަސްޓް 2020 | ބުރާސްފަތި 19:54
ޥަގު ޔާގުންޑާގެ ވަޒީރުން މިހާރު ބަލިވާނެ.
12 އޯގަސްޓް 2020 | ބުދަ 12:29
އައި
ދެން އެކަމަށް ވެސް ދައުވާ ކޮއްފާނެ...ހެހެ
12 އޯގަސްޓް 2020 | ބުދަ 00:06
ރާޓީވީރާއެމްވީ
"ޖަނާޒާ ހިނގަމުން ދަނިކޮށް ކަރަންޓީނު ފެސިލިޓީއަށް ގެންދަން މައްޔިތާ ބަލާ ގޮއްސި" ރާގުންޑާއިންނަށް މަ ގަދިތާކުރި ސުރުޚީއެއް. ޚަބަރެއް ޖަހާލަ ދީބަލަ. ކެރޭނެ؟ ކެކެކެ