ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 14:16
އައްޑޫ ސިޓީ، މަރަދޫ ފަތާ ޓްރެކް ސަރަހައްދުން އުދައަރާ ލިންކް ރޯޑް ފެންބޮޑުވެފައި
އައްޑޫ ސިޓީ، މަރަދޫ ފަތާ ޓްރެކް ސަރަހައްދުން އުދައަރާ ލިންކް ރޯޑް ފެންބޮޑުވެފައި
އައްޑޫ ލައިވް
އައްޑޫ ސިޓީއަށް އުދައެރުން
އައްޑޫ ސިޓީއަށް ވަރަށް ބޮޑަށް އުދަ އަރަން ފަށައިފި
 
ލިންކު ރޯޑުން ދަތުރު ކުރަން އުނދަގޫ ހާލަތަކަށް ވަނީ ގޮސްފައި
 
ހެނދުނުން ފެށިގެން އުދަ އަރަމުންދޭ
 
އާންމުންގެ ގެދޮރާއި މުދަލަށް ވަމުންދާ ގެއްލުންތައް ކުޑަ ކުރުމަށް އެހީތެރިކަން ބޭނުންވޭ

އައްޑޫ ސިޓީއަށް ވަރަށް ބޮޑަށް އުދަ އަރަން ފަށައިފިއެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން އައްޑޫ ސިޓީއަށް ވަރަށް ބޮޑަށް އުދަ އަރާ އާންމުންގެ މުދަލަށް ގެއްލުންވަމުންދާ ކަމަށެވެ.

އަލީ ނިޒާރު ވިދާޅުވީ އެކި ސަރަހައްދުތަކުން ރަށްރަށުގެ ތެރެއަށް ރާޅު އަރަމުންދާ ކަމަށެވެ. އަދި އާންމުންގެ ގެދޮރާއި މުދަލަށް ވަމުންދާ ގެއްލުންތައް ކުޑަ ކުރުމަށް އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އައްޑޫ މަރަދޫ، ލިންކު ރޯޑާ ދިމާލުން ވަރަށް ބޮޑަށް ދަނީ އުދައަރަމުންނެވެ. އުދައިގެ ސަބަބުން މުޅި އެ މަގު ވަނީ ފެންބޮޑުވެފައެވެ. އަދި ލިންކު ރޯޑުން ދަތުރު ކުރަން އުނދަގޫ ހާލަތަކަށް ގޮސްފައެވެ.

އައްޑޫ ސިޓީއަށް އުދައަރަމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ ބުނީ ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ، ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއްރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
4%
0%
93%
0%
4%
0%
ކޮމެންޓް