ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 20:00
ބެތީސްގެ ކޯޗުގެ މަގާމަށް ހަމަޖެއްސި މެނުއަލް ޕެލެގްރީނީ
ބެތީސްގެ ކޯޗުގެ މަގާމަށް ހަމަޖެއްސި މެނުއަލް ޕެލެގްރީނީ
ގެޓީ އިމޭޖަސް
ޕެލެގްރީނީ ބެޓިސްއާ ހަވާލުވުން
ބެޓިސްގެ ކޯޗުގެ މަގާމަށް ޕެލެގްރީނީ ހަމަޖައްސައިފި
 
ޕެލެގްރީނީ ބެޓިސްއާ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއް ދަށުން
 
ދާދި ފަހުން ބެޓިސްގެ ކޯޗުގެ މަގާމުން ޖޮއާން ފްރާންސެސް (ރުބީ) ވަނީ ވަކިކޮށްފައި

ރެއާލް ބެޓިސްގެ ކޯޗުގެ މަގާމަށް މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު މެނުއަލް ޕެލެގްރީނީ ހަމަޖައްސައިފިއެވެ.

ބެޓިސްގެ ކޯޗުގެ މަގާމަށް ޕެލެގްރީނީ ހަމަޖެއްސީ ދާދި ފަހުން އެޓީމުގެ ކޯޗުގެ މަގާމުން ޖޮއާން ފްރާންސެސް (ރުބީ) ވަކިކުރުމާ ގުޅިގެންނެވެ. ރުބީ ވަކިކުރުމަށްފަހު ވަގުތީ ގޮތުން ޓީމަށް އިރުޝާދު ދީފައިވަނީ ސްޕޯޓިންގ ޑިރެކްޓަރު އެލެކްސިސް ޓްރިހީލިއޯއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބެޓިސްއިން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް ޕެލެގްރީނީ ހަމަޖެއްސިކަން އިއުލާން ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 66 އަހަރުގެ ޕެލެގްރީނީ ބެޓިސްއާ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ.

މީގެ ކުރިން ޕެލެގްރީނީ ވަނީ ސްޕެއިންގެ ތިން ކްލަބަކަށް އިރުޝާދު ދީފައެވެ. އެއީ ވިޔަރެއާލް، ރެއާލް މެޑްރިޑް އަދި މަލަގާއެވެ. އޭގެ ފަހުން އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގައި ތިން އަހަރު ހޭދަކުރި ޕެލެގްރީނީ ވަނީ ސިޓީއަށް ޕްރިމިއާ ލީގުގެ އިތުރުން ލީގު ކަޕް ދެ ފަހަރު ކާމިޔާބުކޮށްދީފައެވެ.

އޭގެ ފަހުން ޗައިނާގެ ހެބެއި ޗައިނާ ފޯޗިއުން ފުޓްބޯލް ކްލަބަށް އިރުޝާދުދިން ޕެލެގްރީނީ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ ވެސްޓް ހޭމްގައެވެ. 2018 ވަނަ އަހަރުގެ މެއި މަހު ވެސްޓް ހޭމްއާ ހަވާލުވި ޕެލެގްރީނީ އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ބެޓިސްގެ ކޯޗުގެ މަގާމާ ޕެލެގްރީނީ ހަވާލުވިއިރު، ސްޕެނިޝް ލީގުގައި އެޓީމު އޮތީ ތާވަލުގެ 13 ވަނައިގައި 35 މެޗުން 41 ޕޮއިންޓާއެކުއެވެ. ލީގުގައި އެޓީމުން ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭއެވެ. އެރޭ ބެޓިސް ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް