ކ. މާލެ
|
2 ޖޫން 2020 | އަންގާރަ 08:10
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
އިމިގްރޭޝަން
ރާއްޖޭގެ ތަފާސްހިސާބުތައް
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު ހާހަކަށް ވުރެ މައްޗަށް!
 
54.84% އަކީ ބަންގްލަދޭޝް މީހުން
 
މިހާތަނަށް 1,829 މީހުން ޕޮޒިޓިވްވެފައިވޭ

ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި ބަންގްލަދޭޝް ރައްޔިތުންގެ އަދަދު ހާހަކަށް ވުރެ އިތުރުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާގޮތުގައި ވައިރަހަށް ޕޮޒިޓިވްވި ބަންގްލަދޭޝް ރައްޔިތުންގެ އަދަދު ވަނީ 1003ށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް 1,829 މީހުން ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން 54.84% އަކީ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވްވެފައިވާއިރު މާލެ ޞަރަޙައްދުގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދާ ތަންތަން ސަރުކާރުގެ ފަރާތުން އަންނަނީ ބަލަމުންނެވެ. އެފަދަ ތަންތަން މޮނިޓަރ ކުރަމުން އަންނައިރު، އެތަންތަނުގައި އުޅޭ ބިދޭސީން އެއަށްވުރެ ރަނގަޅު ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

590 ދިވެހިން ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު މިއީ ޕޮޒިޓިވްވި މީހުންގެ 32.26% މީހުންނެވެ.

އިންޑިއާގެ 186 މީހަކު ޕޮޒިޓިވްވެފައިވާއިރު ނޭޕާލްގެ 23 ރައްޔިތަކު ޕޮޒިޓިވްވެފައިވެއެވެ. ސްރީލަންކާގެ 9 ރައްޔިތެއް ޕޮޒިޓިވެފައިވާއިރު ޕާކިސްތާނުގެ 3 ރައްޔިތަކު ޕޮޒިޓިވްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
67%
33%
0%
0%
ކޮމެންޓް