ކ. މާލެ
|
1 ޖޫން 2020 | ހޯމަ 00:20
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު؛ ޓްރާންސިޓް ކަރަންޓީނުން ގިނަ ބަޔަކު ވަނީ ރަށްރަށަށް ފޮނުވާފައި
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު؛ ޓްރާންސިޓް ކަރަންޓީނުން ގިނަ ބަޔަކު ވަނީ ރަށްރަށަށް ފޮނުވާފައި
އެންއީއޯސީ
ޓްރާންސިޓް ކަރަންޓީނުން ރަށަށް މީހުން ފޮނުވުން
ޓްރާންސިޓް ކަރަންޓީނު ފެސިލީޓީތަކުން 360 މީހަކު ރަށަށް ފޮނުވައިފި
 
މާލެ ކައިރީގައި ހުރި ކަރަންޓީން ފެސިލިޓީތަކުން 69 މީހަކު ކަރަންޓީނުން ދޫކޮށްލާފައިވޭ
 
ޓްރާންސިޓް ކަރަންޓީންގައި 14 ދުވަސް ހަމަކުރުމަށްފަހު 360 މީހަކު އަނބުރާ ރަށަށް ގެންގޮސްފައިވޭ
 
މިހާތަނަށް 2711 މީހެއް ވަނީ ޓްރާންސިޓް ފެސިލިޓީސްތަކަށް ގެންދެވިފައި

ލޮކްޑައުންއާއި ގުޅިގެން މާލޭގައި ތާށިވި މީހުންގެ ތެރެއިން ރަށަށް އަނބުރާ ދިއުމަށް އެދުނު މީހުންގެ ތެރެއިން ޓްރާންސިޓް ކަރަންޓީން ގައި ތިބި 360 މީހަކު ރަށަށް އަނބުރާ ފޮނުވާފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ހާމަކޮށްފި އެވެ.

އެންއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ލޮކްޑައުންއާއި ގުޅިގެން ޓްރާންސިޓް ކަރަންޓީން ގައި މަޑުކުރުމަށްފަހު ރަށަށް ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 2711 މީހެއް ވަނީ ފެސިލިޓީސްތަކަށް ގެންދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، އިތުރު 94 މީހަކު އާދީއްތަ ދުވަހު ގެންދެވިފައިވާ ކަމަށާއި، ޓްރާންސިޓް ކަރަންޓީން ގައި 14 ދުވަސް ހަމަކުރުމަށްފަހު 360 މީހަކު އަނބުރާ ރަށަށް ގެންގޮސްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން މާލެ ކައިރީގައި ހުރި ކަރަންޓީން ފެސިލިޓީތަކުން 69 މީހަކު ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ. ކަރަންޓީން ފެސިލިޓީތަކުގައި މިވަގުތު 1403 މީހަކު ތިބި އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 1258 މީހަކު އެބަތިއްބެވެ.

ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތައް ގާއިމްކުރެވިގެން ދިޔައީ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން، އަނބުރާ ރަށަށް ނުދެވި ތާށިވީ ފަރާތްތަކަށް ރަށަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުންނެވެ. ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށް ފަހު މި ފަރާތްތަކަށް ރަށަށް ދެވޭ ގޮތަށް ހަމެޖެއްސީ، އަތޮޅު ތެރެއަށް ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުން ވެސް ދޫކޮށްލަނީ ކަރަންޓީނު ކުރާ އެހެން މީހުންނާއި މެދު އަމަލުކުރާހެން، މުއްދަތު ހަމަވުމަށް ފަހު ސާމްޕަލްތައް ނެގުމަށް ފަހު ނެގެޓިވް ކަމުގައިވާ ނަމަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި