ކ. މާލެ
|
16 އޭޕްރިލް 2020 | ބުރާސްފަތި 17:26
މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަޙައްދު ވަނީ ލޮކްޑައުންކޮށްފައި
މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަޙައްދު ވަނީ ލޮކްޑައުންކޮށްފައި
ރާއްޖެއެމްވީ
އެއްބައިވަންތަވާންވީ ވަގުތު އައިސް ޖެހިއްޖެ
މި ވަގުތު ބޭނުމީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން
 
ސަރުކާރުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ރައީސްވެސް އިލްތިމާސް ކުރެއްވި
 
މިވަގުތު މިވަނީ މާލެ ސިޓީ 24 ގަޑިއިރަށް ލޮކްޑައުން ގެ ޙާލަތަކަށް ގެނެވިފަ
 
ބުދަ ދުވަހު މާލެއިން ވަނީ ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެފައި

ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ދިވެހި ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައި ވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ދުވަހުން ފެށިގެން ރާއްޖޭގައި އަޅަމުން ދިޔަ ފިޔަވަޅުތައް ސަރުކާރާއި ކަމާބެހޭ ސިއްހީ މާހިރުން ދިޔައީ ވަރުގަދަ ކުރަމުންނެވެ. އެތަކެއް މައުލޫމާތު ތަކެއް ހާމަކޮށް، ރައްޔިތުންނާއި އެ މައުލޫމާތު ހިއްސާކުރަމުންނެވެ. އެހެންނަމަވެސް އޭޕްރީލް 15 ވީ ދުވަހަކީ ރާއްޖޭގެ ވެރިކަން ކުރަމުންދާ މާލެ އާއި ރާއްޖޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަމާ ނުތަނަވަސްކަން ކުރިމަތި ކުރުވި ދުވަހެކެވެ. މާލޭގައި ދިރިއުޅެމުންދާ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނި ހެދި ޓެސްޓުތައް ވަނީ ޕޮޒިޓިވްވެފައެވެ. ރާއްޖޭގެ އެތެރެއިން މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވި 3 ކޭސް ވަނީ ފެނިފައެވެ.

މާލެއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހަދަނީ

މިވަގުތު މި ވަނީ މާލެ ސަރަޙައްދު އިތުރު 24 ގަޑިއިރަށް ލޮކްޑައުން ހާލަތަކަށް ގެނެވިފައެވެ. މި ވަގުތުން ފެށިގެން މާލޭގެ މަގުތަކަށް ނިކުތުމަކީ މަނާކަމެކެވެ. މި ދަތި އުނދަގޫ ވަގުތު މުހިއްމީ ސަރުކާރާއި ސިއްހީ މާހިރުންގެ އަޑުއަހައި އެބޭފުޅުންގެ އިރުޝާދުގެ މަތިން އަމަލުތައް ބެހެއްޓެވުމެވެ. މިއަދު ސަރުކާރުން އަންގާ އެންގުންތަކަށް ބޯ ލަނބާށެވެ. ތެދުވެރިވާށެވެ. ޕޮޒިޓިވް ވި މީހާއާ ދިމާވެފަވާނަމަ ކަމާ ބެހޭ ފަރާތްތަކަށް މި މައުލޫމާތުތައް ލަސްނުކޮށް ހިއްސާކުރައްވާށެވެ. ނޫންނަމަ ތިބާ އެންމެ ލޯބިވާ ފަރާތް ތިބާގެ ފުށުން ނުރައްކަލަކަށް ހުށައެޅިދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައި

އަދި މިވަގުތަކީ އަމިއްލަ ހިޔާލުތަކާއި ސާބިތު ނުހިފޭ ވާހަކަތަކުން ސޯޝަލް މީޑިއާ ފުރާލަންވީ ވަގުތެއް ނޫނެވެ. މި ބަލިމަޑުކަމަކީ ވަކި ސަރުކާރެއް ވަކި މީހަކު ވެރިކަމުގައި ހުރެގެން އަންނަ ބަލިމަޑުކަމެއް ނޫނެވެ. މިވަގުތު އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި މިކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުން މުހިއްމެވެ.

ސިއްހީ މާހިރުން ވިދާޅުވަމުން މިދަނީ އަދިވެސް ވަގުތު ފާއިތު ނުވަނީސް ދިވެހި ރައްޔިތުން ކަމާބެހޭ ބޭފުޅުންގެ އިރުޝާދު އަޑުއަހާ ކިޔަމަންތެރި ވުމަށެވެ. "ޕެނިކް" ނުވުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބު ކުރައްވާ މިވަނީ ހުރިހާ ބޭފުޅުންވެސް ގޭގައި މަޑުކުރެއްވުމަށް އަސަރާއެކު އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ، މިހާތަނަށް ފަރުވާއެއް ލިބިފައިނުވާ މި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެބޮޑު ފިޔަވަޅަކީ އެއީ ކަމަށެވެ.

މި ވައިރަހުން އަރައިގަނެވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކުކަން ކަށަވަރެވެ. މާތްﷲ ގެ ހަޟްރަތުން ދުޢާކޮށް، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު އަޑުއައްސަވާށެވެ. ދުޢާ އަކީ މި ބަލިމަޑުކަމުން ވީހާވެސް އަވަހަކަށް އަރައިގަތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
25%
0%
25%
0%
25%
25%
ކޮމެންޓް