ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 14:22
މިސްރުގެ ގާހިރާގައި ހުންނަ އަމްރު އިބްން އަނަސް މިސްކިތުގައި ހުސްވި އަހަރު ތަރާވީހް ނަމާދު ކުރަނީ
މިސްރުގެ ގާހިރާގައި ހުންނަ އަމްރު އިބްން އަނަސް މިސްކިތުގައި ހުސްވި އަހަރު ތަރާވީހް ނަމާދު ކުރަނީ
އިޖިޕްޓް ޓުޑޭ/ހަސަން މުހައްމަދު
މިސްރުގެ މިސްކިތްތައް ބަންދު
ކޮރޯނާވައިރަސް އިން ރައްކާތެރި ވުމަށް ރޯދަ މަހުވެސް މިސްރުގެ މިސްކިތްތައް ބަންދު
 
ޖަމާއަތް ހަދައިގެން ރޯދަ ވިއްލުން ވެސް މަނާ

މިސްރުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރިއަށް އޮތް ރޯދަ މަހުވެސް މިސްކިތްތައް ބަންދު ކުރަން ނިންމައިފިއެވެ.

މިސްރުގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯވްމެންޓުން އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޯދަ މަހު މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށް ސަރުކާރުން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން، ޖަމާއަތް ހަދައިގެން ރޯދަމުހު ބާއްވާ ރޯދަ ވީއްލުން ފަދަ ހަރަކާތްތައް ބޭއްވުންވެސް މި އަހަރު މަނާ ކޮށްފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ކޮރޯނާވައިރަސްގެ ބަލި ޖެހުން ނިމުމަކަށް އަންނަން ދެން އަދި އާއްމު ސިއްހަތަށް ނުރައްކަލެއް ނެތް ކަން އެ މިނިސްޓްރީއަށް ޔަގީން ވަންދެން މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް