ހޮނިހިރު 23 ޖެނުއަރީ 2021
5 ހުވަން
1442 ޖުމާދުލް އާހިރަތު 09
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
އިރުއޮއްސޭ 18:17
އިޝާ 19:33
ރަޑޯމީރު އަންޓީކް

ބާސާ، ރެއާލް އަދި އެތުލެޓިކޯގެ ކުރީގެ ކޯޗު މަރުވެއްޖެ

  • ރަޑޯމީރު އަންޓީކް މަރުވިއިރު އޭނާގެ އުމުރަކީ 71

ކ. މާލެ | 7 އޭޕްރިލް 2020 | އަންގާރަ 00:30 | 18,851

ބާސާ، ރެއާލް އަދި އެތުލެޓިކޯގެ ކުރީގެ ކޯޗު ރަޑޯމީރު އަންޓީކް - ގެޓީ އިމޭޖާސް

ސްޕެއިންގެ ގަދަ ތިން ބާރު ކަމަށްވާ ބާސެލޯނާ، ރެއާލް މެޑްރިޑް އަދި އެތުލެޓިކޯ މެޑްރިޑްގެ ކުރީގެ ކޯޗު ރަޑޯމީރު އަންޓީކް މަރުވެއްޖެއެވެ.

ރަޑޯމީރު އަންޓީކް އަކީ ބާސާ، ރެއާލް އަދި އެތުލެޓިކޯ މެޑްރިޑުގެ ކޯޗުކަން އަދާކުރި ހަމައެކަނި ކޯޗެވެ.

އޭނާގެ ކޯޗިންގް ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަން ހޭދަކޮށްފައިވަނީ އެތުލެޓިކޯ މެޑްރިޑްގައެވެ. އެތުލެޓިކޯ އާއިއެކު 1995/1996 ވަނަ އަހަރުގެ ސީޒަނުގައި ރަޑޯމީރު ވަނީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.

އެތުލެޓިކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރަޑޯމީރު މަރުވި ޚަބަރަކީ އެޓީމަށް ލިބުނު ފުން ހިތާމައެއް ކަމަށާއި ރަޑޯމީރަކީ އެތުލެޓިކޯގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކޯޗު ކަމަށެވެ.

ބާސެލޯނާއިން ބުނީ އެޓީމުގެ ކުރީގެ ކޯޗު ރަޑޯމީރައަކީ ހުނަރުވެރި ގާބިލު ކޯޗެއް ކަމަށާއި 2002 ވަނަ އަހަރުގެ ސީޒަނުގެ ފަހުކޮޅު ބާސާ އާއި ގުޅި އޭނާ ކޮށްދިން ކަންކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.

ރަޑޯމީރު މަރުވިއިރު އޭނާގެ އުމުރަކީ 71 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.