ކ. މާލެ
|
4 އޭޕްރިލް 2020 | ހޮނިހިރު 15:34
ފަން އައިލެންޑް ރިސޯޓް
ފަން އައިލެންޑް ރިސޯޓް
ބުކިންގ.ކޮމް
ކޮވިޑް-19
ފަން އައިލެންޑް ކަރަންޓީންގައި ތިބި 49 މީހުންގެ ސާމްޕަލްތައް ނެގެޓިވް
 
ދޫކޮށްލާފައިވަނީ ކަރަންޓީންގައި ތިބި 49 މީހެއް
 
14 ދުވަހުގެ ކަރަންޓީން މުއްދަތު ހަވަވުމުން އެމީހުން ވަނީ ގެއަށް ދޫކޮށްލާފައި

ފަން އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީސްގައި ތިބި 49 މީހުންގެ ސާމްޕަލް ނެގެޓިވް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހޮނިހިރު ދުވަހު އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓްގައި ވަނީ ފަން އައިލެންޑް ރިސޯޓްގެ ކަރަންޓީން ފެސިލިޓީސްގައި ތިބި 49 މީހުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އަދި ރައްކާތެރިކަމުގެ ދަށުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަވަވުމުން އެމީހުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެފައިވަނީ އެމީހުން ބަލާ ކޮންމެ ޢާއިލާއަކުން ވެސް އެކަކު އައުމަށް އެދޭ ކަމަށެވެ.

ދޫކޮށްލާ މީހުންގެ ޢާއިލާތަކަށް އެމީހުން ދޫކޮށްލާނެ ވަގުތާއި އެހެނިހެން މަޢުލޫމާތު އެޗްޕީއޭއިން އަންގާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް