ބުދަ 03 ޖޫން 2020
01 މިއަހެލި
1441 ޝައްވާލް 11
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
ކޮވިޑް-19

ގަތަރު އެއަރވޭޒް އިން ފައިސާ ހުސްވުމުގެ ބިރު އެބަ އޮތް: ޗީފް އެގެްޒެކެޓިވް

  • ގަތަރު އެއަރވޭޒް ހިމެނެނީ މިވަގުތު ޚިދުމަތްދޭ މަދު އެއަރލައިންތަކުގެ ތެރޭގައި

ކ. މާލެ | 29 މާރޗް 2020 | އާދީއްތަ 13:46 | 11,440

ގަތަރު އެއަރވޭޒްގެ ޗީފް އެގްޒެކެޓިވް އަކްބަރ އަލް ބަކަރ - ރޮއިޓަރސް

ގަތަރު އެއަރވޭޒްގެ އުދުހުންތައް ކުރިއަށް ގެންދާނެ ކަމަށާއި ނަމަވެސް ކުންފުނިން ވަރަށް އަވަހަށް ފައިސާ ހުސްވުމުގެ ބިރު އެބަ އޮތް ކަމަށް ގަތަރު އެއަރވޭޒްގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް ބަކަރ ވިދާޅުވެއްޖެއެވެ.

ޗީފް އެގްޒެކެޓިވް އަކްބަރު އާދިއްތަ ދުވަހު ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އަމިއްލަ ގައުމަށް ނާދެވިފައި އެކި ތަންތާނގައި ތާށިވެފައިތިބި މީހުން އުފުލުމުގެ މަސައްކަތް ގަތަރު އެއަރވޭޒް އިން ކުރިއަށް ގެންދަން ޖެހޭ ހިސާބަކާ ހަމަޔަށް ކުރިއަށް ގެންދާނެ ކަމަށެވެ.

"ކުރުމުއްދަތަކަށް އުދުހުންތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ އެބަހުރި" ފޯނުން ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމުގައި އޭނާ ވިދާޅުވިއެވެ.

އޭނާވިދާޅުވީ، ވަކި ހިސާބަކުން، ގަތަރު އެއަރވޭޒްގެ ވެރިންގެ އެހީއަށް އެދެން ޖެހޭނެ ކަމަށެވެ.

ގަތަރު އެއަރވޭޒް އަކީ ގަތަރު ސަރުކާރުގެ އެއަރލައިންއެކެވެ.

ކޮރޯނާ ވައިރަސްގެ ނުރައްކަލާ ދުނިޔެ ކުރިމަތިލާން ޖެހުމާއެކު ގިނަ އެއަރލައިންތައް ހުއްޓާލާފައިވާ އިރު ގަތަރު އެއަރވޭޒް ހިމެނިފައވަނީ މިވަގުތު ދުނިޔޭގައި ޚިދުމަތް ދެމުންދާ މަދު އެއަރލައިން ތަކުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.