ހޮނިހިރު 23 ޖެނުއަރީ 2021
5 ހުވަން
1442 ޖުމާދުލް އާހިރަތު 09
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
އިރުއޮއްސޭ 18:17
އިޝާ 19:33
ބޮލީވުޑް

ބޮޑުވަޒީރު މޯދީގެ ކޮވިޑް-19 ރިލީފް ފަނޑަށް އަކްޝޭ އާއި ވަރުން ފައިސާ ހަދިޔާކޮށްފި

  • ވަރުން ވަނީ 30 ލައްކަ އިންޑިއަން ރުޕީސް ހަދިޔާކޮށްފައި

ކ. މާލެ | 29 މާރޗް 2020 | އާދީއްތަ 11:24 | 9,656

ވަރުން ދަވަން އާއި އަކްޝޭ ކުމާރު - ހިންދުސްތާނީ ޓައިމްސް

ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޕީއެމް-ކެއަރސް ފަންޑަށް ބޮލީވުޑް އެކްޓަރ އަކްޝޭ ކުމާރާއި، ވަރުން ދަވަން ފައިސާ ހަދިޔާކޮށްފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކަށް އާންމުން އެހީތެރިވުމަށް އިންޑިއާ ސަރުކާރުން ފަންޑު ހުޅުވިކަން އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ އިއުލާން ކުރައްވާފައި ވަނީ ހޮނިހިރު ދުވަހު އެވެ.

އަކްޝޭ ކޮށްފައިވާ ޓްވީޓްގައި ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޕީއެމް- ކެއަރ ފަންޑަށް 25 ކްރޯޑް އިންޑިއަން ރުޕީސް ހަދިޔާކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި އެންމެ މުހިއްމު ކަމަކީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ.

ފަންޑަށް ފައިސާ ހަދިޔާކުރިކަން ހާމަ ކޮށް އުމުރުން 32 އަހަރުގެ ވަރުން ކޮށްފައިވާ ޓްވީޓްގައި ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތް ތަކަށް އެހީތެރިވުމުގެ ގޮތުން ޕީއެމް- ކެއަރ ފަންޑަށް 30 ލައްކަ އިންޑިއަން ރުޕީސް ހަދިޔާކޮށްފައިވާ ކަމަށެވެ. އެންމެން އެކުގައި މަސައްކަތް ކޮށް ކޮވިޑް-19 އިން ސަލާމަތް ވެވޭނެ ކަމަށް ވަރުން ވަނީ ބުނެފައެވެ. ވަރުން ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކޮވިޑް-19 އާއި ގުޅުގެން މީހުން ހޭލުތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ބަލިން މީހުން ހޭލުންތެރި ކުރުމަށް ތަފާރު ވީޑިއޯތައް އޭނާ ވަނީ ހިއްސާ ކޮށްފައެވެ.

ވަރުންގެ އިތުރުންވެސް ބޮލީވުޑްގެ ގިނަ ތަރިން ދަނީ ޕީއެމް-ކެއަރސް ފަންޑަށް އެހީތެރިވަމުންނެވެ.

އަދި ގޭގައި ތިބެގެން ކުރެވިދާނެ އެކިއެކި ކަންތައްތައް ދައްކުވައިދޭ ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.