ބުރާސްފަތި 09 އޭޕުރިލް 2020
02 އައްސިދަ
1441 ޝައުބާން 16
ފަތިސް 04:49
އިރުއަރާ 06:01
މެންދުރު 12:12
އަސްރު 15:16
މަޣްރިބް 18:15
އިޝާ 19:27
ވިޔަފާރި - އެމްއައިބީ

ލޯނުތައް ލުއިކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއައިބީ

  • އެހީތެރިކަން ބޭނުންވާނަމަ އެކަމަށް ޚާއްސަ ކުރެވިފައިވާ އެޕްލިކޭޝަން ފޯރމް ފުރުމަށްފަހު މެއިލް ކުރުމަށް

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ | 27 މާރޗް 2020 | ހުކުރު 07:33 | 3,544

މޯލްޑިވްސް އިސްލާމިކް ބޭންކް - ރާއްޖެއެމްވީ

ކޮވިޑް-19 އާއި ގުޅިގެން މާލީ ގޮތުން ދަތިތައް ދިމާވެފައިވާ ބޭންކުގެ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ކަމާބެހޭ އެންމެހާ ފަރާތްތަކާއިއެކު މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުނެފިއެވެ.

އެމްއައިބީން ބުނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެގެން ދާ އިޤްތިސާދީ އަދި މާލީ ދަތިތަކުގެ ސަބަބުން ވިޔަފާރިތަކަށް އަންނަ ލޮޅުންތަކަކީ އެ ބޭންކުގެ ފަރާތުން ނުހަނު ކަންބޮޑުވާ ކަންކަމެއްކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ސަރުކާރާއި އެމްއެމްއޭ ގެ އިސްނެގުމުގެ މަތިން އިޢުލާން ކޮށްފައިވާ ޕްލޭންތަކަށް ފުރިހަމައަށް ތާޢީދުކޮށް، އިޤްތިސާދީ ގޮތުންނާއި މާލީ ގޮތުން ދަތިތައް ދިމާވެފައިވާ ބޭންކުގެ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ކަމާބެހޭ އެންމެހާ ފަރާތްތަކާއިއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.

އެމްއައިބީން ބުނީ ކަސްޓަމަރުންގެ ތެރެއިން އެއްވެސް ފަރާތަކުން އެހީތެރިކަމަށް ބޭނުންވާނަމަ އެކަމަށް ޚާއްސަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމް، ކޮވިޑް-19 ބިޒްނަސް ސަޕޯޓް އެޕްލިކޭޝަން ފޯރމް ފުރުމަށްފަހު އެކަމަށް ޚާއްސަކުރެވިފައިވާ އީމެއިލް އެޑްރެސް އަށް މެއިލް ކުރުމަށެވެ. އަދި އެޕްލިކޭޝަން ފޯމް ލިބުމުން، ބޭންކުގެ ބިޒްނަސް ޓީމުން އެފަރާތާއި އެކު މަޝްވަރާކޮށް، އިންޓަރނަލް އެސެސްމަންޓެއް ހެދުމަށް ފަހު އެންމެ އެކަށޭނަ ލުއި ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ. އެމްއައިބީއިން ބުނީ ކޮވިޑް ސަޕޯޓް އެޕްލިކޭޝަން ފޯމް އެ ބޭންކުގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ ކަމަށެވެ.

އިސްލާމިކް ބޭންކުގެ ކޮންސިއުމަރ ފައިނޭންސިންގ ފެސިލިޓީތަކާއި އަދި ޓްރޭޑް މުރާބަޙާ ފައިނޭންސިންގ ފެސިލިޓީ ނަގާފައިވާ ފަރާތްތަކުގެ ތެރެއިން އެމްއައިބީގެ އެހީ ބޭނުންވާ ފަރާތްތަކަށް ލުއިތަކެއް ދެވޭނެ ގޮތްތަކެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.