ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 03:10
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދަނީ ސްޕެއިންގައި
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދަނީ ސްޕެއިންގައި
އަލްޖަޒީރާ
ކޮވިޑް-19
ކޮވިޑް-19: ސްޕެއިނުން 467 މިލިއަން ޑޮލަރުގެ ސިއްހީ އާލަތްތައް ގަނެފި
 
3000 އަށްވުރެ ގިނަ މީހުން އެގައުމުގައި ވަނީ މަރުވެފައި
 
ސްޕެއިންގައި ވެސް ސިއްހީ އާލަތްތައް ދަނީ ތައްޔާރުކުރަމުން

ކޮވިޑް-19 ކޮންޓުރޯލްކުރުމަށް ކުރާ މަސައްކަތުގައި ސިއްހީ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް ސްޕެއިނުން 467 މިލިއަން ޑޮލަރުގެ އަގުހުރި ސިއްހީ އާލަތްތައް ގަނެފިއެވެ.

ބުދަ ދުވަހު ސްޕެއިންގެ ހެލްތު މިނިސްޓަރު ސަލްވަޑޯރު އީލިޔާ ވިދާޅުވީ ޗައިނާއިން 467 މިލިއަން ޑޮލަރުގެ އަގުހުރި ސިއްހީ އާލާތްތައް ގަނެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 550 މިލިއަން މާސްކާއި، ކޮވިޑް-19އަށް ޓެސްޓުކުރުމަށް ބޭނުންވާ 5.5 މިލިއަން ''ކުއިކް ޓެސްޓް''، 950 ވެންޓިލޭޓަރާއި، އަދި 11 މިލިއަން އަންގިއެވެ. އަދި މިހުރިހާ ސާމާނެއް 4 އަދި 8 ހަފުތާގެރޭގައި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ސަލްވަޑޯރު އީލިޔާ ވިދާޅުވީ ސްޕެއިންގައި ވެސް ސިއްހީ އާލަތްތައް ތައްޔާރުކުރަމު އަންނަކަމަށެވެ.

ސްޕެއިނުން 467 މިލިއަން ޑޮލަރުގެ އަގުހުރި ސިއްހީ އާލަތްތައް ޗައިނާއިން ގަތުމާ ބެހޭ ގޮތުން ސްޕައިންގެ ރައީސް ވަނީ ޗައިނާގެ ރައީސަށް މީގެ ކުރިން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ.

ހަލުވި މިނެއްގައި ކޮވިޑް-19 ފެތުރެމުންދާއިރު، ސްޕެއިން 3000 އަށްވުރެ ގިނަ މީހުން މިބަލީގައި ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
14%
71%
0%
0%
14%
0%
ކޮމެންޓް