ކ. މާލެ
|
22 މާރޗް 2020 | އާދީއްތަ 21:27
ޑރ. މައިކް ރަޔަން - ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ
ޑރ. މައިކް ރަޔަން - ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ
ޑަބްލިޔު.އެޗް.އޯ
ކޮވިޑް-19
ކޮރޯނާ ވައިރަސް ބަލިކުރަން ރައްޔިތުން ބަންދު ކުރުމަކުން އެކަނި ނުފުދޭ: ޑަބްލިޔު.އެޗް.އޯ
 
ވެކްސިން ލިބެން އަހަރެއްހާ ދުވަސް ނަގާނެ
 
ބައްޔާ ގުޅޭ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ފިޔަވަޅުތައް މުހިންމު

ކޮރޯނާ ވައިރަސް ބަލިކުރަން ރައްޔިތުން ބަންދު ކުރުމުން އެކަނި ނުފުދޭ ކަމަށް ޑަބްލިޔު.އެޗް.އޯގެ އެންމެ އިސް އިމަރޖެންސީ އެކްސްޕާޓް، ޑރ. މައިކް ރަޔަން ވިދާޅުވެއްޖެއެވެ.

ޑރ. ރަޔަން ވިދާޅުވީ، ލޮކްޑައުންގެ އިތުރުން ބައްޔާ ގުޅޭ ގޮތުން، އާއްމު ސިއްހަތު ރައްކާތެރި ކުރުމާ ބެހޭ ރަނގަޅު ފިޔަވަޅުތައް އެޅުމަކީ ބަލި އަލުން އަށަގަތުމުން ދުރުކުރުމަށް މުހިންމު ކަމެއް ކަމުގައެވެ.

"ހަގީގަތުގައި ފޯކަސް ކުރަންވީ ބަލި މީހުން ދެނެގަތުމަށް، ވައިރަސް ހުރި މީހުން ދެނެގަތުމަށް، އަދި އެމީހުން އެކަހެރި ކުރުމަށް، އަދި އެމީހުންނާ ގުޅުން އޮތް މީހުން ދެނެގަތުމަށް، އަދި އެމީހުންވެސް އެކަހެރި ކުރުމަށް". ބީބީސީ ގެ އެންޑްރޫ މާރ ޝޯވ ގައި ވާހަކަފުޅު ދައްކަވަމުން ޑރ. ރަޔަން ވިދާޅުވިއެވެ. "އާއްމު ސިއްހަތާ ބެހޭ ފިޔަވަޅުތައް ނޭޅި، ބަންދު ކުރުމުގެ ފިޔަވަޅު އެޅުމުގެ ނުރައްކަލަކީ، ކުރިން އޮތް ގޮތައް އުޅެން މީހުން ވީއްލުމުން، ބަލި އަނެއްކާ ފެތުރެން ފެށުން." ޑރ. ރަޔަން ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރުނު ޗައިނާ އާއި ކޮރެއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ބަލި ކޮންޓްރޯލް ކުރުމަށް ބޭނުން ކުރުމުގައި އެޅި އެންމެ މުހިންމު ފިޔަވަޅަކީ ބަލި އަށަގަތް ސަރަހައްދުތައް މުޅިން ބަންދު ކުރުމެވެ. ޔޫރަޕާއި އެމެރިކާގައިވެސް ބަލި ކޮންޓްރޯލް ކުރުމަށް މިހާރު އަޅަމުންދާ އެންމެ މުހިންމު ފިޔަވަޅަކީ މީހުން ބޭރަށް ނުނިކުތުމަށް ބާރު އެޅުމާއި ސަރަހައްދުތައް އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރުމެވެ.

ޑރ. ރަޔަން ވިދާޅުވީ، ސިންގަޕޯރާއި ދެކުނު ކޮރެއާ އަދި ޗައިނާގައި ސަރަހައްދުތައް ބަންދު ކުރުމުގެ އިތުރުން ބައްޔަށް ޝައްކު ކުރެވޭ އެންމެން ޓެސްޓް ކުރުން އެ ގައުމުތަކުގައި ހަރުދަނާ ކުރުމުގެ ނަތީޖާ އެއްގެ ގޮތުން، ބަލީގެ އަސަރު އެ ގައުމުތަކުން އިސާހިތަކު ކުޑަވެގެން ދިޔަކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި އޭޝިޔާގެ ގައުމުތަކުން މި އަމަލު ކުރި ގޮތް އެއީ ޔޫރަޕް ދެކެންވީ ނަމޫނާ އެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

"ބަލި ފެތުރުން ކޮންޓްރޯލް ކުރެވެމުން ދެން ދާންވީ ވައިރަހުގެ ފަހަތުން" ޑރ. ޔަރަން ވިދާޅުވިއެވެ.

ޑރ. ރަޔަން ވިދާޅުވީ، ބައްޔައް އެތައް ވެކްސިން އެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް އަދި އިންސާނުންގެ ހަށިގަނޑުގައި އަޖުމަ ބެލުމަށް ބޭނުން ކުރާ ހިސާބަށް އައިސްފައިވަނީ އެންމެ ވެކްސިނެއް ކަމުގައެވެ.

ވެކްސިން އެއް ލިބެން ކިހާ މުއްދަތެއް ނަގާނެތޯ ދެންނެވި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ، ވެކްސިން އެއް އާއްމުކޮށް ބޭނުން ކުރަން ފެށޭނީ، ވެކްސިނަކީ އިންސާނުންނަށް މުޅިން ރައްކާތެރި އެއްޗެއްކަން ޔަގީން ކުރުމަށް ފަހުގައި ކަމަށާއި، އެކަމަށް އެންމެ މަދުވެގެން އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.

"ވެކްސިން ލިބޭނެ، އަކަމަކު މިހާރު ވިސްނަންވީ މިހާރަށް އެޅެން ހުރި ފިޔަވަޅުތަކަށް" ޑރ. ރަޔަން ވިދާޅުވިއެވެ.

ދުނިޔޭގައި ކޮރޯނާވައިރަސް ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ތިން ލައްކަ އަށް ވުރެ މައްޗަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
11%
0%
78%
11%
0%
0%
ކޮމެންޓް