ކ. މާލެ
|
17 ފެބްރުއަރީ 2020 | ހޯމަ 16:53
ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ގުއާމާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން
ވޯލްޑްކަޕް ކޮލިފިކޭޝަނުގައި ގުއާމާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ގައުމީ ފުޓްބޯޅަ ޓީމް
ޗައިނާ މެޗުގެ ކުރިން ގައުމީ ޓީމު ކޭމްޕް ކުރަނީ
 
ޗައިނާ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ މިހާރު ޕްރެކްޓިސް ފަށައިފަ
 
ގައުމީ ކޯޗު މާޓިން ކޫޕްމަން ބޭނުންވަނީ ޗައިނާ މެޗުގެ ކުރިން 10 ދުވަހުގެ ޓްރެއިނިންގ ކޭމްޕްއެއް ތައިލޭންޑްގައި ބޭއްވުމަށް

ފީފާ ވޯލްޑްކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ޗައިނާ އާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ކުރިން 10 ދުވަހުގެ ޓްރެއިނިންގ ކޭމްޕްއެއް ތައިލޭންޑް ނުވަތަ މެލޭޝިއާގައި ކުރުމަށް ނިންމައިފިއެވެ.

ޗައިނާ މެޗަށް ތައްޔާރުވުމުގެގޮތުން ގައުމީ ޓީމުން ވަނީ މިހާރު ޕްރެކްޓިސް ފަށައިފައެވެ. ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމުކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މެޗުތަށް ނިމުމުން ގައުމީ ޓީމު ޓްރެއިނިންގއަށް ފުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ގައުމީ ކޯޗު މާޓިން ކޫޕްމަން ބޭނުންވަނީ ޗައިނާ މެޗުގެ ކުރިން 10 ދުވަހުގެ ޓްރެއިނިންގ ކޭމްޕްއެއް ތައިލޭންޑްގައި ބޭއްވުމަށެވެ. ނަމަވެސް ޓްރެއިނިންގ ކޭމްޕް މެލޭޝިއާއަށް ބަދަލުވުމުގެ ފުރުސަތުވެސް އެބައޮތެވެ.

ޗައިނާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ކުރިން ޗައިނާގައި ކުޅެން ހަމަޖެހިފައިވީ ނަމަވެސް ޗައިނާގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ސަބަބުން މި މެޗު ތައިލޭންޑްއަށް ބަދަލުކުރުމަށް މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި މި މަޝްވަރާތަކުގައި ގައުމީ ތައިލޭންޑްގައި މެޗު ކުޅޭ ދުވަހު ދަނޑަށް މީހުން ސަޕޯޓަރުން ނުވެއްދުމަށްވެސް ދަނީ މަޝްވަރާ ކުރެވެމުން ކަމަށް ޗައިނާގެ މީޑިއާ ރެޕޯޓްތައް ބުނެއެވެ.

ޗައިނާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ޗައިނާ އަދި ރާއްޖެ ބައްދަލުކުރާ މެޗު ތައިލޭންޑްގައި ބޭއްވުމަށް ޗައިނާގެ ފުޓުބޯޅަ އެސޯސިއޭޝަނާއި ތައިލޭންޑްގެ ފުޓުބޯޅަ އެސޯސިއޭޝަނާއި ދެމެދު ވަނީ މިހާރު އެއްބަސްވުމަކަށް އައިސްފައެވެ. އަދި ޗައިނާގެ ވިސްނުން ހުރީ މި މެޗު ތައިލޭންޑްގެ ބުރިއަމް ޕޮރޮވިންސްގައި ހުންނަ ޗޭންގް އެރީނާގައި ކުޅުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް