ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 19:43
ރައީސް ސޯލިހު
ރައީސް ސޯލިހު
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
3000 ފްލެޓްގެ ބިންގާ އެޅުމަށް އަމާޒުހިފާފައިވަނީ މާޗް މަހުގައި: ރައީސް
 
ރާއްޖޭގެ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެއް
 
އިތުރުން 4000 ފްލެޓް އެޅުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެ: ރައީސް
 
ކުރީ ސަރުކާރުގައި ދީފައިހުރި ފްލެޓްތައް ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް ދަނީ ކުރަމުން

މާލެ ސަރަހައްދަށް ހާއްސަކޮށްގެން އަޅާ 3000 ފްލެޓް ބިންގާ މާޗް މަހު އެޅުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު އެމްޑީޕީގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، މާލޭގެ ގޯތިގެދޮރު ނެތް ހުރިހާ ފަރާތްތަކަށް މިދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވާނެ ކަމަށާއި، މާލެއަށް ޚާއްސަކޮށް، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރު ނެތް ރައްޔިތުންނަށް ޚާއްސަކޮށްގެން ބޮޑު ހައުސިންގް ޕްރޮޖެކްޓެއް އިއުލާން ކުރެވޭނެ ކަމަށެވެ.

އެ ޕްރޮޖެކްޓް އިއުލާން ކުރައްވާނީ ކޮން ދުވަހަކުންތީ ރާއްޖެ.އެމްވީން ސުވާލުކުރުމުން ރައީސް ވިދާޅުވީ، ސަރުކާރުން އަމާޒުހިފާފައިވަނީ ފްލެޓް ތަކުގެ ބިންގާ މާޗް މަހު އެޅުމަށް ކަމަށެވެ.

އަޅުގަނޑުމެން އަމާޒު މިކުރަނީ އިރާދަކުރެއްވިއްޔާ މާޗް މަސްތެރޭގައި 1700 ފްލެޓަކާއި 1300 ފްލެޓްގެ ބިންގާ އެޅޭތޯ. މާޗަށް އަމާޒުކޮށްގެން މިގެންދަނީ
އިބްރާޙިމް މުހައްމަދު ސޯލިހު - ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ، އިތުރު 4000 ފްލެޓް އެޅުމަށް އަމާޒު ހިފާފައިވާ ކަމަށާއި، މި ހުރިހާ ފްލެޓްތަކަކީ މާލެއަށް ހާއްސަކޮށްގެން އަޅާ ފްލެޓްތައް ކަމަށެވެ.

މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް އިއުލާން ކުރަން ސަރުކާރުން ތައްޔަރީތައްވަމުން އަންނައިރު، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް އެމްޑީޕީގެ އެޖެންޑާ 19ގައި މުހިންމު ސިޔާސަތުތަކެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް މި ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނޭއެވެ.

އަދި އެޖެންޑާ 19ގެ ދަށުން މާލޭގެ ކޮންމެ ރައްޔިތަކަށް ގޯތިގެދޮރު ލިބިގެންދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
6%
59%
0%
18%
12%
6%
ކޮމެންޓް
15 ފެބްރުއަރީ 2020 | ހޮނިހިރު 22:31
ޙުނު
ޜާއްޖެ ތެރޭ މީހާކޮބާ ؟ހަދާންނެތުނީ ދޯ