ކ. މާލެ
|
26 ޖެނުއަރީ 2020 | އާދީއްތަ 00:13
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ބޭރުގެ އަސްކަރީ މަރުކަޒެއް ރާއްޖެއަކު ނުހުރޭ: ޑިފެންސް މިނިސްޓަރ
 
އިންޑިއާގެ އަވަށްޓެރިކަމަށް ޝުކުރު އަދާކުރެއްވި
 
އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެނީ ސިޔާސީ މަންފާއެއް ހޯދުމަށް ނޫން: މާރިޔާ
 
ހެލިކަޕްޓަރުތަކުގައި ތިބޭ މީހުން ތިބެނީ ކޮޓަރި ކުއްޔަށް ހިފައިގެން ކަމަށް ވިދާޅުވި

ދިވެހި އަސްކަރިއްޔާގައި ބޭރުމީހުން ނުތިބޭ ކަމަށް ވިދާޅުވެ، އަސްކަރިއްޔާގައި އެހެން ޤައުމުތަކުގެ ސިފައިން ތިބޭކަމަށް ދެކެވޭ ވާހަކަތައް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ދޮގުކުރައްވައިފިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ބޭރުގެ އަސްކަރިއްޔާތަކުގެ ބޭފުޅުން ރާއްޖޭގައި ޙަރަކާތްތެރިވަމުންދާކަމަށް ދައްކާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލަންވެގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ. މާރިޔާ ވިދާޅުވިި ގޮތުގައި، ހެލިކޮޕްޓަރުތަކުގައި ތިބޭ މީހުން ތިބެނީ ބޭސްއެއް ހަދައިގެން ނޫނެވެ. އެމީހުން ތިބެނީ ދިވެހި ރައްޔިތުންގެ ގޭގޭއިން ކުއްޔަށް ކޮޓަރި ހިފައިގެން ކަމަށް ވިދާޅުވިއެވެ.

އަވަށްޓެރި އިންޑިއާގެ ރަހުމަތްތެރިކަމުގެ އަގުވަޒަން ކުރައްވަމުން އެކަމަނާ ވިދާޅުވީ، އިންޑިއާއަކީ ފެށުނީއްސުރެންވެސް ދިވެހިންނަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އެހީތެރިވާ ގައުމެއްކަމަށެވެ. އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެނީ ސިޔާސީ މަންފާއެއް ހޯދުމަށް ނޫންކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ، އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެނީ އިންސާނިއްޔަތު ކަމަށްޓަކައެވެ.

ސިޔާސީ ސަބަބަށްޓަކައި ރައްޔިތުންނަށް ލިބެން އޮންނަ ޚިދުމަތް ގެއްލިގެންދާނެ ފަދަ ގޮތަކަށް އިދިކޮޅުގެ ވާހަކަ ބައްޓަން ކުރުމުން އޭގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާފަދަ ގޮތަކަށް ކަންތައްތައްވަމުން ދިޔުން އެކަށީގެންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް