ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 19:54
އީގަލްސް އަދި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން
އީގަލްސް އަދި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއަރ ލީގު
ދިވެހި ޕްރިމިއަރ ލީގު: އީގަލްސްއިން ގްރީން ވެސް ބަލިކޮށްފި
 
މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބު އީގަލްސް އަދި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އީގަލްސްއިން ކާމިޔާބުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މީގެ އިތުރުން ގްރީންގެ އަބްދުﷲ ޔާމީން (ޔާނު) އަށް ވެސް ވަނީ މި ހާފުގައި ލަނޑު ޖެހުމަށް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ގްރީން އިން އެޓީމުން ކުރަމުން ގެންދިޔަ އެޓޭކްތައް ވަރުގަދަކުރިއިރު މެޗުގެ 48 ވަނަ މިނެޓުގައި ގްރީން އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ރަޝީދް (އައްމަޑޭ) އެވެ. ގްރީންގެ ލަނޑާއެކު އީގަލްސްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ގްރީންގެ ގޯލަށް ނުރައްކާތެރިކުރިއެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިތުބާރު ފޯވަރޑް އަހުމަދު ރިޒްވާން (ރިޒޭ) އެވެ. އަދި މެޗުގެ 59 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އަދި އޭގެ މިނެޓެއް ފަހުން އީގަލްސްއިން ވަނީ ލަނޑު ޖަހާ ފަރަގު ބޮޑު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބިދޭސީ ކުޅުންތެރިޔާ ޓޮޝީކީ އޮކޮމޯޓޯ އެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ރިޒޭ ވަނީ އީގަލްސްއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގައި ގްރީން އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މުސްލިހް އެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް