ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 14:51
ކުދިންތަކެއް އިމްތިހާނު ހަދަނީ
ކުދިންތަކެއް އިމްތިހާނު ހަދަނީ
މިހާރު
އޯލެވެލް އިމްތިހާން
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
 
ޑީޕީއީ މެދުވެރިކޮށް އިމްތިހާނު ހެދި ކެންޑިޑޭޓުންނަށް ނަތީޖާ ދޫކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން
 
ސްކޫލުތަކުން ދަރިވަރުންގެ ނަތީޖާ ބުރާސްފަތި ދުވަހު ދޫކުރޭ

2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ބޭއްވި އެސްއެސްސީ އަދި ކެމްބްރިޖް އޯލެވެލް/އައިޖީސީއެސްއީ އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

ސްކޫލުތަކުން ދަރިވަރުންގެ ނަތީޖާ ބުރާސްފަތި ދުވަހު ދޫކުރާއިރު ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) މެދުވެރިކޮށް އިމްތިހާނު ހެދި ކެންޑިޑޭޓުންނަށް ނަތީޖާ ދޫކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ. ޑިޕާޓުމެންޓުން ބުނީ ފެބްރުއަރީ ހަޔެއްގެ ނިޔަލަށް ނަތީޖާ ދޫކުރާނެ ކަމަށެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ.

ޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ އާ ޙަވާލުވުމަށް އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް ޑީޕީއީން ވަނީ އެދިފަ އެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެ ކަމަށް ޑީޕީއީން ބުނެއެވެ.

ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ފެބްރުއަރީ 13 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުމަށްވެސް ޑީޕީއީން ވަނީ އެދިފައެވެ. އަދި ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކް ކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށް ކަމަށް ޑީޕީއީން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު، ނޮވެންބަރުގައި ބޭއްވި ޘާނަވީ އިމްތިޙާނުގައި 7000 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.

ރާއްޖޭގެ 194 ސްކޫލެއްގައި ޘާނަވީ އިމްތިޙާނު ހަދާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް