ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 23:09
ރާއްޖެ ޓީވީ ނައިޓްގައި ސްޓާފް އޮފް ދަ އިޔަރއަށް ހޮވުނު ސިރާޖަށް އިނާމްތައް ހަވާލުކުރައްވަނީ
ރާއްޖެ ޓީވީ ނައިޓްގައި ސްޓާފް އޮފް ދަ އިޔަރއަށް ހޮވުނު ސިރާޖަށް އިނާމްތައް ހަވާލުކުރައްވަނީ
ރައީސް އޮފީސް
ރާއްޖެޓީވީ
ރާއްޖެޓީވީގެ ސްޓާފް އޮފް ދަ އިޔަރއަށް ސިރާޖް، އެންމެ އުންމީދީ މުވައްޒަފަކަށް ޝާން
 
ކިޔުންތެރިންގެ މެދުގައި އެންމެ މަޤުބޫލު ލިޔުންތެރިޔާ އަށް ހޮވިފައިވަނީ މަރިޔަމް ޒުނާނާ
 
ސްޓާފް އޮފް ދަ އިޔަރ ގެ އެވޯޑް ލިބިފައިވަނީ އަހުމަދު ސިރާޖު އަށް
 
ފާއިތުވި އަހަރުގެ އެންމެ އުންމީދީ މުވައްޒަފަކަށް ހޮވިފައިވަނީ އައިޝަތު ޝާން

ރާއްޖެ ޓީވީގެ 9 ވަނަ އަހަރާއި ދިމާކޮށް ކުރިޔަށް ގެންދިޔަ ރާއްޖެ ޓީވީ ނައިޓްގައި ރާއްޖެ ޓީވީގެ ދެ މުވައްޒަފަކަށް އުމްރާ ދަތުރަކާއި އެކި ގޮތްގޮތުން ފާއިތުވި އަހަރު ރާއްޖެ ޓީވީން ފާހަގަކޮށްލެވުނު ސްޓާފުންނަށް އެވޯޑް ދީފިއެވެ.

އުމްރާ ދަތުރު ލިބުނު ދެ މުވައްޒަފުންނަކީ އެސިސްޓެންޓް ޗީފް ކެމެރާން އާދަމް ޒަރީރު ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް އަށެވެ. 2017 ވަނަ އަހަރުން ފެށިގެން އުމްރާ ދަތުރު ރާއްޖެޓީވީން އަންނަނީ ސްޓާފުންނަށް ދެމުންނެވެ.

ފާއިތުވި އަހަރުގެ އެންމެ އުންމީދީ މުވައްޒަފަކަށް ހޮވިފައިވަނީ އައިޝަތު ޝާން އެވެ. ސްޓާފް އޮފް ދަ އިޔަރ ގެ އެވޯޑް ލިބިފައިވަނީ އަހުމަދު ސިރާޖު އަށެވެ. ސިރާޖަށް ވަނީ 30،000 ރުފިޔާ އާއި ސިންގަޕޯރަށް ދިޔުމުގެ ދެ ކޮޅު ޓިކެޓްގެ އިތުރުން އިތުރު އިނާމްތަކެއްވެސް ލިބިގެން ގޮސްފައެވެ.

މީގެއިތުރުން ފާއިތުވި އަހަރު ރާއްޖެ އެމްވީގެ ކިޔުންތެރިންގެ މެދުގައި އެންމެ މަޤުބޫލު ލިޔުންތެރިޔާ އަށް ހޮވިފައިވަނީ މަރިޔަމް ޒުނާނާ އެވެ. ޒުނާނާ ލިޔެފައިވާ ލިޔުންތަކަށް 5 މިލިއަން ހިޓްސް ލިބިފައިވެ އެވެ. ރާއްޖެ އެމްވީގެ ކިޔުންތެރިންގެ މެދުގައި އެންމެ މަޤުބޫލު ލިޔުމަކަށް ހޮވިފައިވަނީ މުސްކުޅި އަންހެނަކު ވާގިނެތިފައިވާ ފިރިމީހާ ސަލާމަތްކުރަން ކުރި އާދޭސް: "ހެޔޮނުވާނެ މި ބޭބެ ނެރެދީ!" މިލިޔުމަށެވެ. މިލިޔުމަށް 1،90،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު މިލިޔުން ލިޔެފައިވަނީ ލައިޝާ އަހުމަދު އެވެ. ފާއިތުވި އަހަރު އެންމެ ގިނަ އަރޓިކަލް ލިޔުނު ލިޔުންތެރިޔާއަށް ހޮވިފައިވަނީ މަރިޔަމް ޒުނާނާ އެއީ 1740 އާރޓިކަލް ލިޔެގެންނެވެ.

ފާއިތުވި އަހަރު އެންމެ މޮޅު ލިޔުމެއްގެ ގޮތުގައި ހޮވިފައިވަނީ ސިމާހާ ނަސީމް ލިޔެފައިވާ ރިލްވާންއަށް މަންމަގެ ފަހު ބަސް: ދަރިފުޅާ ނުދާތި އެހެންތަނަކަށް، ލަސްވަންދެން ބޭރުގައި ނޫޅޭތި! މިލިޔުމެވެ.

ފާއިތުވި އަހަރު އެންމެ ހާޒިރީއަށް ރަނގަޅު މުވައްޒަފުންގެ ގޮތުގައި ހޮވިފައިވާ އަހުމަދު ސިރާޖު، އައިޝަތު ޝާން، އަދި ގަމަރުއްދީން ފަހުމީއެވެ.

މީގެއިތުރުން ފާއިތުވި ފަސް އަހަރު ތެރޭގައި ދުވަހަކުވެސް ގަޑިނުޖެހި، ސަލާން ބުނެފައި ނުވާ މުވައްޒަފަކަށް ހޮވުނު ގަމަރުއްދީން ފަހުމީ އަށް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ. އުމްރާ ދަތުރަކާއި ރެޑްވޭވް އިން ދޭ އިނާމަކާއި ރާއްޖެ ޓީވީން ދޭ އިނާމެއް ގަމަރަށް ވަނީ ލިބިފައެވެ.

ފާއިތުވި އަހަރު އެންމެ މޮޅު އުފެއްދުން އުފެއްދި މުވައްޒަފުގެ ގޮތުގައި ހޮވިފައިވަނީ އަމްނާ އިމާދެވެ. އެއީ އަމްނާ އުފައްދާފައިވާ "ރަށުން" ޕްރޮގްރާމުންނެވެ. ފާއިތުވި އަހަރު އެންމެ މޮޅު ކެމެރާމަނަކަށް ހޮވިފައިވަނީ އަހުމަދު ސާޖިދު (ސާޖި) އެވެ. ފާއިތުވި އަހަރު އެންމެ މޮޅު އެޑިޓަރ އަކަށް ހޮވިފައިވަނީ އަހުމަދު ސިރާޖު އެވެ.

ފާއިތުވި އަހަރު އެންމެ މޮޅު ޕްރެޒެންޓަރ އަކަށް ރިފްގާ އަބްދުލް ވައްހާބު ހޮވިފައިވާއިރު އެންމެ މޮޅު ނިއުސް އެންކަރަކަށް ހޮވިފައިވަނީ ނާޒްމީ ސައީދެވެ. މީގެއިތުރުން ފާއިތުވި އަހަރު އެންމެ މޮޅު އޮން އެއަރ އޮޕަރޭޓަރަކަށް ހޮވިފައިވަނީ އައިޝަތު ޝާން އެވެ.

ފާއިތުވި އަހަރު އެންމެ މަޤުބޫލު ފޮޓޯ ސްޓޯރީ އަކީ "ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީޢަތް" މިނަމުގައި އަބްދުﷲ ނަސީރު ހަދާފައިވާ ފޮޓޯ ސްޓޯރީ އެވެ. އިނޮވޭޝަން އޮފް ދަ އިޔަރ އަށް ހޮވިފައިވަނީ އިސްމާޢީލް ޖިނާ އެވެ.

ރާއްޖެ ޓީވީ ހިލޭ ސާބަހަށް އެކިގޮތްގޮތުން އެހީތެރިވެދޭ ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ އަރުވާފަ އެވެ. އެގޮތުން ހަނދާނީ ފިލާ ދީފައިވަނީ ޑރ އައިޝަތު އަލީ ނާޒު، އައްޝެއިހް ހުސައިން ރަޝީދު އަހުމަދު، އައްޝެއިހް ފައްޔާޒު، ޑރ އުސާމާ، އަހުމަދު ރިޔާޒު އަށެވެ.

މީގެއިތުރުން މިހަފްލާގައިވަނީ ފާއިތުވި ފަސް އަހަރު ރާއްޖެ ޓީވީއަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް އެކަމުގެ ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން ހަނދާނީ ލިޔުން ލިބިފައިވަނީ އާދަމް ޒަރީރު، އައިޝަތު ޝާނީ، ގަމަރުއްދީން ފަހުމީ އަދި އާމިރު ސަލީމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް