އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - އެންސިސް ކޭނިންގ ފެކްޓްރީ

އެންސިސް ކޭނިންގް ފެކްޓްރީ ހުޅުވައިފި

  • ފެކްޓްރީ ހުޅުވީ ހޯމަ ދުވަހު
  • ފެކްޓްރީ އަކީ ޖަރުމަން ޑިވެލޮޕްމަންޓް ބެންސް ޑީއީޖީ މާލީ އެހީތެރިކަމާއި އެކު ތަރައްޤީ ކުރެވިފައިވާ ތަނެއް
  • މިތަނުގައި އެއްފަހަރާ 2000 ކޭހުގެ ދަޅު މަސް ބަންދުކުރެވޭ

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 9 ޑިސެންބަރު 2019 | ހޯމަ 19:54 2,506

އެންސިސް ކޭނިން ފެކްޓްރީ - އެންސިސް ފިޝަރީޒް

އެންސިސްއިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހޯމަ ދުވަހު ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފެކްޓްރީ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު އެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މި ކޭނަރީއަކީ، 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)ގެ ބޮޑު އިންވެސްޓްމަންޓެކެވެ. އަދި މި ފެކްޓްރީއަކީ ޒަމާނީ ފެންވަރުގެ "ސްޓޭޓް އޮފް ދި އާޓް" ފެސިލިޓީއެކެވެ. 25 ޓަނުގެ މަސް އެއްފަހަރާ ޕްރޮސެސްކުރެވޭ މި ފެސިލިޓީއިން، ދުވާލަކު 2000 ކޭހުގެ ދަޅު މަސް ބަންދުކުރެވެއެވެ.

އެންސިސް ދަޅުމަސް ބަންދުކުރާ ފެކްޓްރީއަކީ ޖަރުމަން ޑިވެލޮޕްމަންޓް ބެންކް ޑީއީޖީގެ މާލީ އެހީތެރިކަމާއި އެކު ތަރައްޤީ ކުރެވިފައިވާ ތަނެކެވެ.

އޭގެ އިތުރުން މި ފެކްޓްރީ އާއި އެކު ހުޅުމާލެ ފިޝާޜީޒް ހާބަރުގައި މަސްވެރިންނަށް މަސް ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން 100 ޓަނުގެ އައިސް ޕްލާންޓެއް ވަނީ ޤާއިމްކޮށްފައެވެ.

އެންސިސް ފިޝަރީޒް އިން މިހަރު އަމާޒު ހިފާފައި ވަނީ 2022 ވަނަ އަހަރުގެ ކުރިން އެކްސްޕޯޓް ކުެރވޭ ވެލިއު އެޑް ކުރެވިފައިވާ އުފެއްދފުން ތަކުގެ އަދަދު 1000 ޓަނަށް ބަދަލު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް