ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 09:33
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް ރައީސް ސޯލިހުއާއެކު
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް ރައީސް ސޯލިހުއާއެކު
ރައީސް އޮފީސް
ރައީސް ސޯލިހުގެ ސަރުކާރަށް އެއް އަހަރު
ސަރުކާރަށް އެއް އަހަރު: ޓެކްނޮލޮޖީ މިނިސްޓްރީގެ ބިންގާ ރަނގަޅު. ނަމަވެސް ކުރަން ހުރި މަސައްކަތް ގިނަ!
 
މިނިސްޓްރީ ގެ ފަރާތުން އިންޓަނެޓު އަގުހެޔޮ ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ވަނީ ނިމިފަ
 
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއަށް ލިބެނީ "ބީ ޕްލަސް" އެއް

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއަކީ އިބްރާހިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުގައި އަލަށް އުފެއްދެވި އެއް ވުޒާރާއެވެ. އެ ވުޒާރާ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ ގައުމީ މުވާސަލާތާއި، ސައިންސްއާއި ޓެކްނޮލޮޖީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ މުހިއްމު މަގުސަދުގައެވެ. ސަރުކާރަށް މިއަދު އެއް އަހަރު ފުރުނުއިރު މި ވުޒާރާއިން ކޮށްފައިވާ ބައެއް މަސައްކަތް ތަކަށް މި ރިޕޯޓުގައި އަލި އަޅުވާލާނަމެވެ.

ޕައިސިސް ސިސްޓަމް އަފްގްރޭޑްކުރުމާއި އިންޓަޕޯލްގެ ޑޭޓާބޭސް އިންޓަގްރޭޓް ކުރުން

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއިން ކުރި އެންމެ ބޮޑު އެއް މަސައްކަތަކީ މައްސަލަޖެހި ނާޒުކު ހާލަތެއްގައި އޮތް ޕައިސިސް ބޯޑަރ ކޮންޓްރޯލް ސިސްޓަމް އަޕްގްރޭޑް ކުރުމެވެ. އެގޮތުން ވުޒާރާގެ މަސައްކަތުން ވަނީ އެ ސިސްޓަމް އަޕްގްރޭޑްކޮށް، ރާއްޖޭގެ ވައިގެ ބަނދަރުތަކުގެ އިމިގްރޭޝަން ޚިދުމަތަށް ބުރޫނާރާނޭކަން ކަށަވަރުކޮށްދީފައެވެ. ޕައިސިސް ސިސްޓަމަކީ ގައުމުތަކަށް އެތެރެވެ ބޭރުވާ މީހުންގެ މައުލޫމާތު ހޯދުމަށް ބޭނުންކުރާ ސިސްޓަމެކެވެ.

ޕައިސިސް ބޯޑަރ ކޮންޓްރޯލް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ އިތުރުން، މިނިސްޓްރީން ވަނީ ގައުމީ ޑޭޓާ ސެންޓަރގެ ޕަވަރ ސެކިއުރިޓީ ހަރުދަނާކުރުމަށް އައު ޔޫ.ޕީ.އެސް ސިސްޓަމެއް ކޮމިޝަން ކޮށްފައެވެ. މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ ޕައިސިސް އާއި އިންޓަޕޯލްގެ ޑޭޓާބޭސް އިންޓަގްރޭޓްކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުން

މި ސަރުކާރަށް އަހަރެއް ފުރުނުއިރު ފާއިތުވި އަހަރު ތެރޭގައި އިންޓަނެޓު އަގު ހެޔޮ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަންކަން ފުރިހަމަ ކޮށްފައި ވާކަމަށް އެ މިނިސްޓްރީއިން މައުލޫމާތު ދެއެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށްޓަކައި މިނިސްޓްރީން ކުރަންޖެހޭ މަސައްކަތް ނިންމައި ސަރުކާރުގެ ލަފަޔަކަށް އެދި ހުށަހަޅާފައެވެ.

ނަމަވެސް، މިނިސްޓްރީއާއި މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އޮތް މައްސަލައަކީ މިއީ ކަމަށް ވުމުން މިކަމުގައި މިނިސްޓްރީއިން ހާމަކޮށްފައިވާ މައުލޫމާތާ މެދު ރައްޔިތުންގެ އުއްމީދާ ނުބައްދަލުކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި އިންޓަރނެޓް އަގު ހެޔޮކުރަން ގެންގުޅޭ ވިސްނުމެއްވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެންސީއައިޓީ

ރައީސް ސޯލިހުގެ ސަރުކާރަށް އެއް އަހަރު ވެގެން ދިޔަ އިރު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ވަނީ އެން.ސީ.އައި.ޓީ ގެ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ސެންޓަރެއް ފުވައްމުލަކުގައި ޤާއިމްކޮށްފައެވެ. އަދި މިނިސްޓްރީ އާއި އެން.ސީ.އައި.ޓީގެ މުވައްޒަފުން މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ މަސައްކަތު މާހައުލެއް ޤާއިމްކުރުމުގެ އިތުރުން އެން.ސީ.އައި.ޓީގެ ހިންގުން ހަރުދަނާކުރުމަށް ސިވިލް ސަރވިސްއިން ކަނޑައަޅާފައިވާ މިންގަނޑަށް އިދާރީ އޮނިގަނޑު އެކުލަވާލަވާލާފައިވެއެވެ.

އީ-ފާސް

އީފާސް ގެ ސަބަބުން އީ-ސަރވިސްގެ ޚިދުމަތްތައް ބޭނުންކުރައްވާ ކޮންމެ ފަރާތަކަށް ވަކި "ޑިޖިޓަލް އައި.ޑީ"އެއް ލިބިގެންދާނެއެވެ. އަދި ކޮންމެ ސިސްޓަމަކަށް ވަކި ވަކި ޔޫސަރ އައި.ޑީ އެއް ގެންގުޅުއްވުމުގެ ބަލުގައި ކޮންމެ ރައްޔިތަކަށްވެސް "އީ-ފާސް" ބޭނުންކުރައްވައިގެން އީ-ގަވަރމަންޓް ނިޒާމުގެ ދަށުން ފޯރުކޮށްދެވޭ ކޮންމެ ޚިދުމަތެއްވެސް ބޭނުންކުރުމުގެ މަގުފަހި ވެގެންދާނެއެވެ. މީގެ އިތުރުން "އީ-ފާސް" ސަބަބުން ސިސްޓަމްތަކުގެ ސެކިއުރިޓީ ހަރުދަނާވެ މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ.

ޕޯޓަލް، ވެބްސައިޓު އަދި އެޕް ޑިވެލޮޕްކުރުން

ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ގޮތުގައި މިނިސްޓްރީ އަށް ހަވާލުކުރެވުނު އައިލެންޑްސް ޑޮޓް އެމްވީ ވެސް ވަނީ ހަދާފައެވެ. މި ވެބްސައިޓުގެ ޒަރިއްޔާއިން ރާއްޖޭގެ ހުރިހާ ރަށެއްގެ މައުލޫމާތު އެއް ތަނަކުން ބަލާލެވޭނެއެވެ.

މީގެ އިތުރުން، މިނިސްޓްރީއިން ވަނީ ގަވް ޑޮޓް އެމް ވީ ވެސް އިތުރަށް ހަރުދަނާކޮށްފައެވެ. މިއީ ސަރުކާރުގެ އޮފީސްތަކުގެ ވެބްސައިޓްތައް އެއް މިންގަނޑެއްގައި ހިފެހެއްޓި އަދި މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތްހެދުމަށްޓަކައި އުފައްދާފައިވާ ވެބްސައިޓެކެވެ. ފްލެޓަށް އެދެން ކިއުގައި ޖެހެން ނުޖެހޭ ނިޒާމެއް ޤާއިމްކުރުމަށްޓަކައި މައުލޫމާތު ހުށަހެޅޭނެ ޕޯޓަލްއެއް ވެސް މިނިސްޓްރީއިން ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތްދޭ ހުރިހާތަނެއް އެއް ވިއުގައަކުން ގުޅާލުންމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން އެދިލައްވާފައިވާ ގޮތަށް ހުރިހާ ސިއްޚީ ޚިދުމަތްދޭ ތަންތަން ގުޅާލުމުގެ އިތުރުން "ހަފްތާރެސް އެޕް" ޑިވެލޮޕްކޮށް މިނިސްޓްރީއިން ވަނީ ޔޫތް މިނިސްޓްރީއާއި ހަވާލުކޮށްފައެވެ.

21 ވަނަ ގަރުނަކީ ޓެކްނޮލޮޖީގެ ގަރުނަށް ވާއިރު ދިވެހި ރާއްޖެ ޓެކްނޮލޮޖީއާި އެއްވަރަށް ތަރައްގީ ނުވާ ކަމަކީ ގިނަ ބަޔަކު ގަބޫލު ކުރާ ހަގީގަތެކެވެ. ނަމަވެސް މިނިސްޓްރީގެ މަސައްކަތުން މިކަންކަން ހައްލުކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއިން ކުރަމުންދާ މި މަސައްކަތަށް ބީ ޕްލަސްއެއް ޙައްގެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
75%
0%
25%
0%
0%
ކޮމެންޓް
17 ނޮވެންބަރ 2019 | އާދީއްތަ 13:21
ސަދަނަގޫރު
މަލީހު ތި ބޭނުން މީހެއް ނޫން ތިޔަ މިނިސްޓްރީ އުވާލަންވި ބޭކާރު ލާރި ތަކެއް ދައުލަތުން ބޭރުވާ
17 ނޮވެންބަރ 2019 | އާދީއްތަ 12:00
އެދުރު ހަސަން
މަލީހު ޕޯޑިއަމް ތަކައްއަރާ ވާހަކަ ދެއްކިއިރު ހީވީ ދެތިން މަސްތެރޭ އިންބްޓާނެޓްގެ އަގު ރައިއްޔަތުން އަތްފޯރާފަޝައް ކުޑަކޮއްދީފާނެހެން. މިހާރު ވައިވަމުން ގޮސް މަލީހުގެ އަޑެއްވެސް ނީވޭ. ކިހިނެއްބާ މިވީ. އިންޓާނެޓް ސާރވިސް ޕްރަވައިޑުންނާއި އެކު ޑީލެއްހެދީތަ. އިބޫ ސަރުކާރައް ނިސްބަތްކޮއް މިޒާތުގެ ވާހަކައެއް ދައްކަންވެސް ބޭނުންނުވޭ. ރާއްޖޭގައި އިންޓާނެޓް މާބޮނޑައްވެސް އަގުބޮނދޑު. އުރީދޫ އަދި ދިރާގުން އުޅެނީ ދިވެހިން ގުބޯ ހައްދައި ގެން ލާރި ދަމައިގަންނަން. ފޯނައް އިރު އިރު ކޮޅާ ފޮނުވާނެ މެސެޖް." އެެއްދުވަހައް ވަންޖީބީ 100ރުފިޔާ އައް ފުރީ" އަހެރެންގެ ހިތައް އަރާ .ރައިއްޔަތުންނަ އޯގާތެރި ސަރުކާރެއްއޮވެމެ ހިދުމަތްދޭ ފަރާތް ތައް ހައްމަތަ ނުކުރެވިގެންއުޅެނީ ކީއްވެބާވައޭ. އަވަށްޓެރި އިންޑިޔާ އިން ހަމަޖެހިލާގެން ޢިންޓާނެޓް ބޭނުންކުރެވޭ ވަރުވޭ. 800ރުޕީސް ދީފަ 1މަސްދުވަހުގެ ޕެކޭޖެއް ނެގީމަ މުޅި 1މަސްދުވަހައް ފުރީފޯންކޯލް، ކޮންމެ ދުވަހަކައް 2ޖީބީ 1މަސްވަންދެން ލިބޭ. ދިވެހި ރުފިޔާއިންނަމަ ގާތްގަޑަކައް ސަތޭކަ ވިއްސަކައްރުފިޔާ. ނިކަން ވިސްނާ ފިކުރު ކޮއްބަލަ. ރައިއްޔަތުންނާއި ސަރުކާރު އޮޅުވާލަން އުޜީދޫ އަދި ދިރާގުން ކޮންމެވެސް ފަންޑު ފޮށްޓައްކައް ލާރިކޮޅެއް ދީފާނެ. ދެންތިބެންވީ ހެއްދިފަ.ގައިގަ ދަތްއަޅާ ހުސްކުރާއިރުވެސް.. .