ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ގައުމީ އަންހެން ވޮލީ ޓީމު

ރިހި މެޑަލް ހޯދި ގައުމީ އަންހެން ވޮލީ ޓީމަށް ހޫނު މަރުހަބާއެއް!

  • ވޮލީ ޓީމަށް މަރުހަބާ ކިޔާފައިވަނީ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް

ކ. މާލެ | 15 ނޮވެންބަރ 2019 | ހުކުރު 23:00 | 2,984

ގައުމީ އަންހެން ވޮލީ ޓީމު ރާއްޖެ އައުން - ރާއްޖެއެމްވީ

ނިމިދިޔަ އޭވީސީ ސީނިއަރ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރިހި މެޑަލް ހޯދި ޤައުމީ އަންހެން ވޮލީ އެނބުރި ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ވޮލީ ޓީމު ރާއްޖެއަށް އައިސްފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޓީމަށް މަރުޙަބާ ކިޔާފައިވަނީ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފްއެވެ. ބަންގްލަދޭޝްގައި ކުރިޔަށްދިޔަ މި މުބާރާތުގައި ރާއްޖެއިން ޖުމްލަ ފަސް މެޗު ކުޅެފައިވާއިރު، ތިން މެޗުން ވަނީ މޮޅުވެފައެވެ. ބާކީ ދެ މެޗުން ޓީމު ވަނީ ބަލިވެފައެވެ.

މުބާރާތުގެ ފައިނަލުގައި ނޭޕާލް އަތުން ރާއްޖެ ބަލިވިއިރު، ލީގު ބުރުގައިވެސް ރާއްޖެ ބަލިވީ ހަމައެކަނި ނޭޕާލް އަތުންނެވެ. ރާއްޖެ މޮޅުވީ އަފްޣާނިސްތާނާއި، ބަންގްލަދޭޝް އަދި ކިރިޖިސްތާނާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ.

ފަސް ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރީ ބަންގްލަދޭޝް، ނޭޕާލް، ކިރިގިސްތާން އަދި އަފްޣާނިސްތާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.