އަންގާރަ 10 ޑިސެންބަރު 2019
01 މުލަ
1441 ރަބީޢުލްއާޚިރު 13
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14
ރާއްޖެ - އެމްއާރުޑީސީ

އެމްއާރުޑީސީއިން ކަނޑާލި 220 މުވައްޒަފެއްވަނީ ސީއެސްސީއަށް ބަދަލުކުރެވިފައި: ޕްލޭނިންގް މިނިސްޓްރީ

  • ހުރިހާ މުވައްޒިފުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރި

އުމްނާ އިސްމާއިލް
UmnaIsmail

ކ. މާލެ 13 ނޮވެންބަރު 2019 | ބުދަ 19:37 4,371

ޕްލޭނިންގް މިނިސްޓްރީގެ ބޭފުޅުން ހާޒިރުވި އެސްއޯއީ ކޮމެޓީގެ ބައްދަލުވުން - ރާއްޖެއެމްވީ

މޯލްޑިވްސް ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެމްއާރުޑީސީ) އުވާލުމަށްފަހު ޕަބްލިކް ވަރކްސްގެ ދަށަށް ބަދަލުކުރެވުނު 326 މުވައްޒަފުންގެ ތެރެއިން 220 މުވައްޒަފެއްވަނީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ބަދަލުކުރެވިފައިވާކަމަށް ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ އެމްއާރުޑީސީއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ސިވިލް ސަރވިސް އިން ވަޒީފާ ދޭން ހަމަ ޖެއްސުމުން، މުސާރައިގެ ތަފާތުތަކެއް ހުރުމުން މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީ (އެސްއޯއީ) ގައި ވާހަކަދައްކަވަމުންނެވެ.

މުސާރައާއި ގުޅިގެން ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ މަގާމުގެ ގޮތުން މުސާރައިގެ ތަފާތުކަމެއް އުޅެދާނެ ކަމަށެވެ. އެގޮތުން އިތުރުގަޑި ނުލާ މަސައްކަތު މީހަކަށް އެވަރެޖްކޮށް 5770 ރުފިޔާ ލިބޭ ކަމަށެވެ. މުސާރައިގެ ތަފާތަށް ބަލާލާއިރު އުޅޭނީ 1700 ރުފިޔާގެ ތަފާތެއްކަމަށް އޭނާ ވިދާޅުވި އެވެ. ބޮޑެތި މަގާމުތަކުގައި 3000 އާއި 5000 އާއި ދެމެދުގެ ތަފާތެއް އުޅޭ ކަމަށް ވިދާޅުވިއެވެ.

ސިވިލް ސަރވިސްގެ ދަށަށް ގިނަ މުވައްޒަފުންނަށް ބަދަލުވެވޭނެކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ ސިވިލް ސާރވިސް އަށް ނުވެއްދެނީވަރަށް މަދު މުވައްޒަފެއް ކަމަށެވެ. އަދި އައްޑޫގައި ތިބި ހުރިހާ މުވައްޒަފުންނެއްވެސް ނަގަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ހަމައެކަނި 55 އަހަރުންމަތީ މީހުން ސިވިލް ސާރވިސްގެ ގަވާއިދުގެ ދަށުން އަލަށް ސިވިލް ސާރވިސްއަށް ނުވެއްދޭ ކަމަށެވެ. އެގޮތުން ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލި ކަމަށާއި އައްޑޫގައި މަސައްކަތްކުރި 30 މީހުން ފިޔަވައި އެހެން ހުރިހާ ފަރާތަކުން ކުރިމަތިލި ކަމަށެވެ.

އެމްއާރުޑީސީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. މިކުންފުނި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ސަރުކާރުން ހިންގި އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓުބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދިޔަ އެމްއާރުޑީސީ، ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ކުރީކޮޅު ވަނީ އުވާލާފަ އެވެ. އެމްއާރުޑީސީ އުވާލިއިރު، އެއީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އޮތް ކުންފުންޏެކެވެ. އަދި އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރި ކުންފުނި ވެސް މެއެވެ.

އެމްއާރުޑީސީ އުވާލުމަށްފަހު އެތަނުގެ މުވައްޒަފުން އޭރު ބަދަލުކުރީ ހައުސިންގް މިނިސްޓްރީގެ ދަށަށެވެ. ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަންގެ ދަށަށް އެމްއާރްޑީސީގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންތަކެއް ބަދަލުކުރިއެވެ.

މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ވަނީ މަގުތައް ހަދައި، ބެލެހެއްޓުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް