އާދީއްތަ 19 ޖެނުއަރީ 2020
1 ހުވަން
1441 ޖުމާދަލްއޫލާ 24
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32
ރާއްޖެ - ބައިނަލްއަގްވާމީ އެކައުންޓިންގް ދުވަސް

200 ބައިވެރިންނާއިއެކު ބައިނަލްއަގްވާމީ އެކައުންޓިންގް ދުވަސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކޮށްފި

  • މިއީ މިދުވަސް ރާއްޖޭގައި ފާހަގަކުރެވުނު ފުރަތަމަ ފަހަރު

ދާނިޝް ނިޡާމް
Dhaanish_Nizam

ކ. މާލެ 12 ނޮވެންބަރު 2019 | އަންގާރަ 18:37 7,381

ބައިންލްއަގްވާމީ އެކައުންޓިންގް ދުވަސް ފާހަގަކުރުމަށް ބޭއްވުނު ކުޅިވަރުތަކުގެ ތެރެއިން - ޔޫސުފް ސޮފްވާން ރަޝީދު

200 ބައިވެރިންނާއިއެކު ބައިނަލްއަގްވާމީ އެކައުންޓިންގް ދުވަސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އެކައުންޓިންގް ދާއިރާގައި މަސައްކަތްކުރާ ގިނަ ކުންފުނިތަކާއި މިނިސްޓްރީ އޮފް ފިނޭންސްއާއި ޕެންޝަން ބޯޑު ހިމެނޭގޮތަށް ޖުމްލަ 49 ވުޒާރާއަކުން ބައިވެރިވާ "އެކްލެޓިކްސް" ކުޅިވަރު ހަރަކާތާއިބެހޭ މައުލޫމާތު ހިއްސާކުރައްވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ބައިނަލްއަގްވާމީ އެކައުންޓިންގް ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައިވެސް ކޮންމެ އަހަރެއްގެ ނުވެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރަމުންދާ ވަރަށް މުހިންމު ދުވަހެއް ކަމަށާއި ރާއްޖޭގައި މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން އެއް ތަނަކުން ދިމާވެ ގުޅުން ބަދަހިކޮށް ދާއިރާގައި ކުރާ މަސައްކަތުގެ އަގުވަޒަންކުރުންކަމަށެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވައި އޮޑިޓަރ ޖެނެރަލް ވިދާޅުވީ މި ދަނޑިވަޅަކީ އެކައުންޓިންގް ދާއިރާގެ ކުރިމަގާ ދޭތެރޭ ގައުމީ ލެވެލްގައި ކަމާބެހޭ އިދާރާތަކުން މަޝްވަރާކުރަމުން ދާ ދަނޑިވަޅެއްކަމަށެވެ. އެގޮތުން ޕްރޮފެޝަނަލް އެކައުންޓެންސީ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާކަމަށާއި އުންމީދަކީ އެ ބިލުވެސް ގާނޫނަކަށް ވެ ވުޖޫދަށް އައުންކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

އެކައުންޓިންގް ދާއިރާއަކީ ގިނަ އަދަދެއްގެ ދިވެހިން ހިމެނޭ ދާއިރާއެއްކަމަށާއި އެކައުންޓިންގް ހުރިހާ ކަމެއް ރެގިއުލޭޓްކުރުން އޮޑިޓަރ ޖެނެރަލްގެ މައްޗަށް މަތިކޮށްފައިވާކަން ފާހަގަކޮށް ޒިޔަތު އިތުރަށް ވިދާޅުވީ ދާއިރާއާއި ގުޅޭ ގާނޫނެއް ފަރުމާ ކުރާއިރު ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފޫޅުންގެ ހިޔާލާއި މަޝްވަރާގެ މަތިންކަމަށެވެ.

އެކައުންޓިންގް ޕްރޮފެޝަންއަކީ ބައިވަރު ދިވެހިން ހިމެނޭ ޕްރޮފެޝަންއެއް. އަޅުގަނޑުމެން މި ބޭނުންވަނީ އެކައުންޓެންޓުންނަށްވެސް ފާގަތި މުސްތަގްބަލެއް މި ޕްރޮފެޝަން މެދުވެރިވެ މިކަން ފަހިކޮށްދެން. ދެން އަޅުގަނޑުމެން ގަބޫލުކުރަނީ މިހާރު ގާނޫނު މިއޮންނަނީ މި ޕްރޮފެޝަން ރެގިއުލޭޓްކުރަން އޮޑިޓަރ ޖެނެރަލްއަށް. އެހެންނަމަވެސް އަޅުގަނޑުމެން މި ޕްރޮފެޝަންގެ ހުރިހާ ބޭފުޅުންގެވެސް ހިޔާލާއި އެކީ ކުރިޔަށް ގެންދިޔުމަށް ރާވާއިގެން މި އުޅެނީ. ގާނޫނުވެސް ފަރުމާ ކުރެވިގެންދާނީ މި ބޭފުޅުންގެ މަޝްވަރާގެ މަތިން.

~ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު

އަމާމްގެ ނައިބު ރައީސް ހަސަން މުހައްމަދު -- ފޮޓޯ: ރާއްޖެ.އެމްވީ

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ދުވަހުގެ ކުޅިވަރުތަށް އިންތިޒާމްކުރި ފަރާތްކަމަށްވާ އޭސީސީއޭ މެމްބާރސް އެސޯސިއޭޝަން އޮފް ދި މޯލްޑިވިސް (އަމާމް)ގެ ނައިބު ރައީސް ހަސަން މުހައްމަދު ވިދާޅުވީ މިފަދަ ހަރާކާތެއް އިންތިޒާމްކުރުމުގެ ބޭނުމަކީ އެކައުންޓެންޓުންނަކީ އޮފީހެއްގެ ތެރޭގައި ހަމައެކަނި ތިބެގެން މަސައްކަތް ކުރާބައެއްކަމަށް މުޖްތަމައު ދެކޭ ދެކުން ބަދަލުކޮށް ހުޅުވިފައިވާ މާހައުލެއްގައި ހަރަކާތްތެރިވެ ކުޅިވަރުގެ ރޫހާއި ބަދަހިކަން މުވައްޒަފުންގެ މެދުގައި އާލާކުރުންކަމަށެވެ.

130 މެމްބަރުންނާއި އެކު ރާއްޖޭގެ އެކައުންޓިންގް ދާއިރާގައި މަސައްކަތް ފަރާތްތަކާއެކު އުފައްދާފައިވާ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބައިނަލްއަގްވާމީ އެކައުންޓިންގް ދުވަސް ފާހަގަކުރުމަށްޓަކައި ބުދަ ދުވަހު ހާއްސަ ޖަލްސާއެއް ބޭއްވުމުގެ އިތުރުން ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ފަރާތްތައް އެކުލެވޭގޮތަށް ޕެނަލް ޑިސްކަޝަންއެއް އޮންނާނެކަމަށް އެ ފަރާތުންވަނީ މައުލޫމާތުދީފަ އެވެ.

އެކައުންޓިނގް ޑޭ ފާހަގަކުރުމަށް ބޭއްވުނު ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް