ކ. މާލެ
|
12 ނޮވެންބަރ 2019 | އަންގާރަ 08:24
ނަވާޒު ޝަރީފު
ނަވާޒު ޝަރީފު
ގޫގުލް
ނަވާޒު ޝަރީފު
އިތުރު ފަރުވާއަށް ނަވާޒު ޝަރީފު ގައުމުން ބޭރަށް ގެންދަން ހުއްދަ ދީފި
 
އެމަނިކުފާނު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ
 
އެމަނިކުފާނު އިތުރު ފަރުވާއަށް ގެންދަވަން ނިންމާފައިވަނީ ލަންޑަނަށް ކަމަށް ހަބަރުތައް ބުނޭ

ކޮރަޕްޝަނުގެ މައްސަލަ އެއްގައި ހަތް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ޙާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގެޔަށް ބަދަލުކޮށް އިތުރު ފަރުވާ ދިނުމަށް ގައުމުން ބޭރަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގައި ތިން ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފައިވާ ނަވާޒު ޝަރީފުގެ ލޭގެ ޕްލެޓްލެޓް ކައުންޓްސް ދަށްވުމުގެ ސަބަބުން އެމަނިކުފާނަށް ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށް ވަނީ ހާޓް އެޓޭކެއް ވެސް ޖެހިފައެވެ.

ބަލިހާލުކޮޅު ގޯސްވުމުގެ ސަބަބުން ލާހޯރުގެ ހައިކޯޓުން ވަނީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްފައެވެ. އެހެން ނަމަވެސް އޭރު އިތުރަށް ފަރުވާ ދިނުމަށް ބޭރަށް ގެންދިޔުމަށް ހުއްދަ ދީފައެއް ނުވެއެވެ.

އިތުރު ފަރުވާއަށް ނަވާޒު ޝަރީފު ގެންދިއުމަށް ހަމަޖެހިފައިވަނީ ލަންޑަނަށް ކަމަށް ރިޕޯޓްތައް ބުނާއިރު އެމަނިކުފާނަށް އަންނަނީ ގޭގައި އައިސީޔޫ އެއް ހަދައި ފަރުވާދެމުންނެވެ.

ޤުރައިޝީ ވިދާޅުވީ ނަވާޒް ޝަރީފުގެ ފުރާނަ ސަލާމަތް ކުރުމަށް ޤައުމުން ބޭރުން އަވަސް ފަރުވާ ބޭނުންވާ ކަމަށް ޑޮކްޓަރުން އެންގުމާ އެކު ނަވާޒް ޝަރީފުގެ ފަރުވާކުރިޔަށް ގެންދިއުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ސަރުކާރުން ނާޅާނެކަމަށެވެ.

ނަވާޒް ޝަރީފުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައިގެ ޙުކުމަށް އެމަނިކުފާނު އަދިވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
12 ނޮވެންބަރ 2019 | އަންގާރަ 11:24
ޢެދުރު ހަސަން
ކާކުތަ އެއްކޮޅުވާނީ. މީހަކު އެއްބަސްވާނަމަ މިރާއްޖޭގައި އެއްމެ ފަހަކައް ވެރިކަންކުރި މީހާ އެއްބަސްވާނެ. ހުރިހާ ޖަރީމާ އެއް ހިންގީ ރައިއްޔަތުންގެ ކުރިމަތީގައި އިހައްދުވަހު.ކޯޓުތެރޭގައި އޭނަގެ އަމިއްލަ ދިފާއުގައި ވާހަކަ ދެއްކިއިރު ހީވަނީ އިއްޔެގަ އުފަންވި މައުސޫމު ކުއްޖެއް ހެން. އޭނަގެ އެކައުންޓުގައި ހުރިކަން ފަޅާއެރި އެތައްމިލިއަން ޑޮލަރެއްގެ ވާހަކަ އިން ސުވާލު ކުރީމަ ބުނަނީ. ދައުލަތުން ބޭނުންވީމަ އެފަެިސާނަގަންވީއޯ. ޢަހަރެންގެ ނިޔަތް ރަގަޅޯ.ވަރައްތާހިރެއްނުން.