ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ލުއި ޚަބަރު - ހިންދީ ފިލްމު

"ބާލާ" އެޅުވިތާ މާ ގިނައިރެއް ނުވަނީސް ލީކުކޮށްލައިފި

  • ފިލްމު ރިލީޒްކުރީ ހުކުރު ދުވަހު
  • ފިލްމަކީ އަޔޫޝްމަން ތަލަ މީހެއްގެ ރޯލުން ފެނިގެންދާ ފިލްމެއް

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 9 ނޮވެންބަރު 2019 | ހޮނިހިރު 08:46 2,758

"ބާލާ" ގެ ޕޯސްޓަރެއް - ގޫގުލް

އަމަރް ކޯޝިކް ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ "ބާލާ" އެޅުވިތާ މާ ގިނައިރު ނުވަނީސް ފިލްމު ލީކުކޮށްލައިފިއެވެ.

ބޮލީވުޑްގައި އަރަމުން އަންނަ އެކްޓަރު އަޔޫޝްމަން ކުރާނާ ލީޑު ރޯލުން ކުޅުނު އެ ފިލްމު ރިލީޒްކޮށްފައިވަނީ އަށެއް ނޮވެމްބަރުގައެވެ.

އޭނާ އެ ފިލްމުގައި ތަލަ މީހެއްގެ ރޯލު ކުޅުނު އިރު ބަތަލާގެ ރޯލުން ފެނިގެންދިޔައީ ޔަމީ ގައުތަމް އެވެ. "ބާލާ" ގެ މުހިއްމު ރޯލަކުން ބޫމީ ޕަޑްނޭކަރްވެސް ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ.

ހަބަރުތައް ބުނާ ގޮތުގައި ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރި "ބާލާ" ލީކްކޮށްލާފައިވަނީ މި ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ފިލްމުތައް ލީކްކޮށްފައިވާ ތަމިލް ރޮކާޒް އިންނެވެ. އެ ވެބްސައިޓާ މެދު މީގެ ކުރިންވެސް ފިޔަވަޅު އެޅިނަމަވެސް ބޮލީވުޑްގައި ރިލީޒްކުރާ ފިލްމުތައް ލީކުކުރުން ހުއްޓާލާފައެއް ނުވެއެވެ.

ފިލްމީ ބައެއް ކްރިޓިކުންގެ ވެސް އުންމީދު ބޮޑު "ބާލާ" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ފިލްމަކީ ވަރަށް އަވަހަށް 100 ކުރޯޑުގެ ލިސްޓަށް އަރާނެ ފިލްމެއް ކަމަށް ފިލްމީ ކްރިޓިކުން ގަބޫލުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް